11 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ބިނާކުރި، ޗައިނާގެ ބެއިޖިންގ އައު އެއަރޕޯޓު ހުޅުވައިފިއެވެ. މަތިން ބަލާލާއިރު ސްޓަރ ފިޝް އެއްގެ ބައްޓަމަށް އޮންނަ މި ބިޔަ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ، ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ އެވެ.
ޑަކްސިންގ އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަމުން މިތަނަށް ނަން ދީފައިވާއިރު. މިތަން، 700،000 އަކަ މީޓަރުގެ ސަރަޙައްދަކަށް ފެތުރިފައިވެއެވެ. އެއީ، ގާތްގަނޑަކަށް 98 ފުޓުބޯޅަ ދަނޑުގެ ސަރަޙައްދެކެވެ. އަދި، އެއް އިމާރާތެއްގެ ތެރޭގައި އޮތް އެންމެ ބޮޑު އެއަރޕޯޓު ޓާމިނަލްވެސް އޮތީ މިތަނުގައެވެ.
China's newly-built Beijing Daxing International Airport is officially put into operation on Wednesday after four years of construction #AmazingChina pic.twitter.com/mc4TzT9kuu
— China Xinhua News (@XHNews) September 25, 2019
ބުދަ ދުވަހު، އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވާއިރު، އެދުވަހުވެސް ވަނީ، އެތެރޭގެ އުދުހުންތައް އުދުހޭ ހަތް އެއަރލައިނަކުން އެއަރޕޯތަށް ދަތުރުތައް ކުރުމަށް ފަށާފައެވެ. ފުރަތަމަ ފްލައިޓަކީ ޗައިނާ ސަދަން އެއަރލައިންގެ އޭ380 ގެ ބޯޓެކެވެ.
ހަމައެހެންމެ، ގިނަ އަދަދެއްގެ އިންޓަނޭޝަނަލް އެއަރލައިންތަކުންވެސް ވަނީ މި އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އޭގެތެރޭގައި، ބްރިޓިޝް އެއަރވޭސް، ކެތޭ ޕެސިފިކް އަދި ފިންއެއަރ ހިމެނެވެ.
މިއީ ބެއިޖިންގައި ހުޅުވި ދެވަނަ އެއަރޕޯޓުކަމުގައިވާއިރު، މިތަން އެޅުމުގެ މައިގަނޑު މަގުސަދަކީވެސް، ބެއިޖިންގ އިންޓަނޭޝަނަލް އެއަރޕޯޓުގެ ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވެދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!