ހއ. އިހަވަންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ އިއްޔެ ހަވީރުއެވެ. އެގޮތުން، ބައުންޑަރީ ވޯލް ހެދުމާއި ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

Ad
rt

ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިއުއްވާފައެވެ. އަދިއިހަވަންދޫ ރައްޔިތުންގެ މިހުވަފެން ހަޤީގަތަކަށް ހައްދަވައި ދެއްވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނިވެމްބަރު 10ގައެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކުރީ 123.9 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.