ހއ. ކެލާ ފުޓުބޯޅަ ދަނޑުގެ ފެންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޮދުމަށް، ކެލާ ކައުންސިލުން އިއުލާނުކޮށް، ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

ކެލާ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނ، ކެލާ ފުޓްބޯޅަ ދަނޑުގެ ފެންސް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

އެގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެށޭ އޮކްޓޫބަރ މަހުގެ 6 ވާ އާދީއްތަ ދުވަހު 13:00 ގައި ކެލާ ކައުންސިލް އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު، އޮކްޓޫބަރ 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، އަންދާސީ ހިސާބު ހުށަހެޅުމަށް، ކެލާ ކައުންސިލުން މި އިއުލާނުގައި ވަނީ އެދިފައެވެ.

މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނަރޝިޕް، އަމިއްލަ ފަރުދުންގެ ވިޔަފާރި، ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ކޮންމެވެސް އެއް ހައިޞިއްޔަތަކުން ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުން އެދޭ ކަމަށްވެސް މި އިއުލާނުގައު ބުނެފައި ވެއެވެ.

މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށްވެސް މި އިއުލާނުގައު ބުނެފައިވެއެވެ.