އަމާޒަކީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން އަހަރަކު 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުން ކަމަށް ފޮރިންގް މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަަކަފުޅުގައި އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރައްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ މަންޒިލް ކަމަށާއި މިކަން މިގޮތަށް ބޭއްވުމަށް މަސައްކަތްތަކެއް ކުރުަމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ޗައިނާއާއި ރާއްޖެއާއި ދެމެދު އިތުރު ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ނިންމާފައިވާ ކަމަށާއި ބޭޖިންގައި ހުޅުވާ އާ އެއަރޕޯޓާއެކު މޯލްޑިވިއަންގެ އިތުރު ފްލައިޓެއް ޗައިނާގައި ޖެއްސުމުގެ ހުއްދަ ލިބިގެންދާނެ ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވަޒީރާއެކު ބައްދަލު ކުރެއްވުމަށްފަހު، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.