ހދ. ކުޅުދުއްފުށި ސިޓީއާއި މާލެއާއި ދެމެދު ދަތުރު ކުރާ ބާދުޝާހު ބޯޓްގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެބޯޓު ކަރަންޓީން ކޮށްފި އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވީ އިއްޔެ އެބޯޓުގެ ފަޅުވެރިންގެ ތެރެއިން ނެގުނު ސާމްޕަލްތަކުގެ ތެރެއިން މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.

Ad
rt

ބާދުޝާހު ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓްވެފައިވުމާއި ގުޅިގެން އެބޯޓު 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއްވި އެވެ.

އެ ބޯޓުން ނެގީ 8 މީހެއްގެ ސާމްޕަލްނެގިފައިވާއިރު އެމީހުންގެ ކޮންޓެކްޓުގެ ގޮތުގައި އިތުރު މީހަކު ފާހަގަވެފައި ނުވެއެވެ.

މާލެ އާއި ހދ. އަތޮޅުގެ ވެރިކަންކުރާ ކުޅުދުއްފުށީގައި މިވަގުތު އިތުރު 2 ބޯޓަކުންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެއީ މިމަހު 9 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން ސީކުއިން ބޯޓުގެ ފަޅުވެރިއަކަކާއި ބަހާދަރު ބޯޓުންގެ 4 މީހެކެވެ.

ސީކުއީން ބޯޓު ކްލަސްޓާއިން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.