ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

Ad
rt

މި މަޝްރޫއު ފެށުމަށް ސައިޓު މޮބިލައިޒް ކުރީ މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުއަކީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ ގިނަ ތަރައްގީގެ މަޝްރޫޢުތަކެއް ހުއްޓުމެއްނެތި ހިންގަމުންނެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޓްތައް ތަރައްގީ ކުރުމާއި، ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ހިމެނެއެވެ.

އެ ކުންފުނިން އަންނަނީ އެކުންފުނީގެ ފައިދާ އިތުރުކޮށް، ކުންފުނީގެ ހަޔާތުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ.