ހެނބަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި
ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. މި މަޝްރޫއު ފެށުމަށް ސައިޓު މޮބިލައިޒް ކުރީ މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވ...