ބްލޫ އޯޝަނިކް މޯލްޑިވްސް އާއި، ވައިކަރަދޫ ކައުންސިލް އާއި ބައްދަލުކުރައްވައިފިއެވެ.
ބްލޫ އޯޝަނިކް މޯލްޑިވްސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ، ބްލޫ އޯޝަނިކް މޯލްޑިވްސްގެ ބިޒްނަސް ޑިވަލޮޕްމެންޓް ޑިރެކްޓަރ ޖައުފަރ އީސާ އާދަމްއެވެ.
ހދ.ވައިކަރަދޫ ކައުންސިލުން ބުނެފައިވަނީ މި ބައްދަލުވުމުގެ މަގުސަދަކީ ބްލޫ އޯޝަނިކް މޯލްޑިވްސްގެ ފަރާތުން ވައިކަރަދޫގައި ފަށާފައިވާ މަސްވެރިކަމުގެ ތަފާތު މަސައްކަތްތަކާ ބެހޭ މައުލޫމާތު ކައުންސިލާއި ހިއްސާކުރުމެވެ. އަދި އެ ކުންފުނިން ކުރިޔަށް ރާވާފައި ހުރި މަޝްރޫއުތަކާއި، ތަސައްވުރު، ކައުންސިލާއި ހިއްސާކުރުމެވެ.
ހދ.ވައިކަރަދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރުއްވުމުގައި، އެ ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!