މިހާރުކުރިއައްދާ ހދ. އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ނައިވާދޫ ޓްރައިނަރސް ސްޕޯރޓްސް ކްލަބާއި ޓީމު ހަނިމާދޫ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅު ޓީމު ހަނިމާދޫގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗްގެ ފުރަތަމަ ސެޓް ޓީމު ހަނިމާދޫ ކާމިޔާބުކުރީ 13-25 އިންނެވެ. ދެވަނަ ސެޓް ކާމިޔާބުކުރީ 06-25 އިންނެވެ. 3 ވަނަ ސެޓް ކާމިޔާބުކުރީ 18-25 އިންނެވެ.
އިއްޔެގެ މެޗްގައި ކްއީން އޮފްދަ މެޗްގެ މަޤާމަށް ހޮވުނީ ޓީމު ހަނިމާދޫގެ ޖާރޒީ ނަމްބަރު 7، އައިމިނަތު އަރީޝާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!