ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ޢާއިލާތަކުން އެ ކުދިންގެ ކުރިމަގަށްޓަކައި ދަނީ އެތައް ހޭދައެއްކުރަމުންކަމަށާއި، ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ ބިހޭވިއަރެލް ތެރަޕީ ފަދަ ދާއިރާތަކުން ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެދަށުން މީހުން ބިނާ ކުރުމުގެ މަސައްކަތް މިއަދު ފެށުމަކީ އެ ޢާއިލާތައް އުފުލާތަކުލީފަށް ލުއިކަންލިބިދޭނެ އުންމީދީ ފެށުމެއްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހު ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން މިއަދު ޚާއްސަ ވާރޗުއަލް ހަފްލާއެއް ބާއްވާފައި ވަނިކޮށް، އެކަަމަށް އިސާރާތްކުރަށްވާ ވާހަކަ ދައްކަވަމުންނެވެ.
ޔާސިރު ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ އެތަކެއް ހާސްކުދީންނެއް ތިބިއިރު މި ކުދިންގެ ކުރިއެރުމަށް ބޭނުންވާ ހާއްސަ ފަރުވާތައް ވެފައި އޮތީ ހަމައެކަނި މާލެއިން، ނުވަތަ އަވައްޓެރި ޤައުމަކަށް ހިޖުރަ ކޮށްގެން މެނުވީ ނުލިބޭ ހިދުމަތަކަށް ކަމަށެވެ.
މި އާއިލާތަކުން އަންނަނީ ދަރިންގެ މުސްތަޤުބަލަށްޓަކައި އެތަކެއް ހޭދައެއް ކުރަމުންކަމަށާއި، މިކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމާއި، ފަރުވާ ހޯދުމުގައި ދިމާވާ ގިނަ ގޮންޖެހުންތަކުގެ ސަބަބުން އެތަކެއް ކުދިންނެއް ވަނީ މި ޙިދުމަތްތަކުން މަހުރޫމް ވެފައި ކަމަށް ޔާސިރު ވިދާޅުވިއެވެ.
"ކުޅުދުއްފުށީގައި މިފަދަ ކުދިން ނިސްބަތުން ގިނައިރު، މި ޙިދްމަތްތަކުގެ ތެރެއިން އުތުރުގައި ފުރަތަމަ ފަހަރަށް ދާއިމީ ގޮތެއްގައި ސްޕީޗް ތެރަޕިސްޓެއްގެ ޙިދްމަތް ލިބެން ފެށީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން 7 މާރިޗް 2020 ގައި. މި ހިދުމަތް އިތުރަށް ފުޅާކުރުމުގައި މިއަދު އަނެއްކާ ވެސް މި ވަނީ އިތުރު ފިޔަވަޅެއް ކުރިއަށް އެޅިފައި. ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ ބިހޭވިއަރެލް ތެރަޕީ ފަދަ ދާއިރާތަކުން ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގެދަށުން މީހުން ބިނާ ކުރުމުގެ މަސައްކަތް މި ވަނީ ފެށިފައި." ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، މާ ދުރު ނޫން މުސްތަޤްބަލެއްގައި ދިވެހި ދަރިން މި ދާއިރާތަކުން ތަމްރީނު ވެގެން އައިސް މި ހިދްމަތް ދޭން ފަށާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ފޯރުކޮށް ދޭން ޖެހޭ ޙިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ މަތީން، ނައިބު ރައީސް ފައިސަލް ނަސީމް ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން . އަދި ހަމަ އެހެންމެ މި ސްކީމް ދަށުން ދަރިވަރުން ސްޕޮންސާރ ކޮށްދެއްވާ އެސްއޯއީ ތަކަށް، ހާއްސަކޮށް އަމިއްލަ ފަރުދުންނާއި ކުންފުނި ތަކަށް ޝުކުރުދަންނަވަން." ޔާސިރު ވިދާޅުވިއެވެ.
ޔާސިރު މި މޭރުމުން ވިދާޅުވެފަ ވާއިރު މިއަދު ވަނީ، ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ ހަތަރު ދަރިވަރުން އެމްޑަބްލިއުއެސްސީން ސްޕޮންސާ ކޮށްފިއެވެ. އަދި އެސްޓީއޯއިން ވެސް ވަނީ ތިން ދަރިވަރަކު ސްޕޮންސާ ކޮށްފަ އެވެ.
ރާއްޖޭގައި ތެރަޕީ ހިދުމަތްތަކަކީ ރާއްޖޭގައި ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޚިދުމަތްތަކެކެވެ. ނަމަވެސް، މިދާއިރާއިން ހާއްސަވެގެން ތަމްރީން ލިބިފައިވާ މީހުންމަދުކާމައި އެކު މިހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދަތިވެފައިވާތީ ތެރަޕީގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށްވަރަށް ބޮޑަށް ބޭނުންވެފައިވާކަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑަބްލިއުއެސްސީ ގެ ފަރާތުން ސްޕޮންސަރ ކުރާ ހަތަރު ދަރިވަރުން ތަމްރީން ކުރާނީ، އޯޑިއޮލޮޖީ އާއި އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ އާއިއޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ އިންނެވެ. ހަތަރު އަހަރު ދުވަހުގެ މިކޯސްތައް ފުރިހަމަކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!