އެންމެ 24 ދުވަހުގެ ތެރޭގައި ލ. ގަމުން 950 ޓަނުގެ ކުނި ވެމްކޯއިން ނަގައިފިއެވެ.

އެ ކުންފުނިން ބުނީ މިހާތަނަށް ކުނި ނަގާފައިވަނީ އެ ރަށުގެ މުކުރި މަގާއި ތުޑީ އަވަށުން ކަމަށެވެ. އެ ޕްރޮޖެކްޓު ނިންމާނީ މުޅި ރަށުގައި އިތުރުވެފައި ހުރި ކުނި ސާފުކުރުމަށްފަހުއެވެ. މިހާރު މަސައްކަތް ކުރިއަށްދަނީ މަތިމަރަދޫ އަވަށުގައެވެ.

Ad
rt

މިއީ ރާއްޖޭގެ ރަށްތަކުގައި އެއްކޮށްފައި ހުރި ކުނި ނައްތާލައި އެ ރަށްތަކަކީ ސާފު ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓުގެދަށުން މިހާރުވެސް ބައެއް ރަށްރަށުގެ ކުނި ނައްތާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އަހުމަދު ވިދާޅުވީ ވެމްކޯގެ މި ޕްރޮޖެކްޓުގެ މަސައްކަތް ރޯދަ މަހުވެސް ކުރިއަށްގެންދާނެ ކަމަށެވެ.

ވެމްކޯއިން މި މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުޅުދުއްފުށި ސިޓީންނެވެ. އެއަށްފަހު ފުވައްމުލަކު ސިޓީ އާއި ކ. ކާށިދޫ އަދި ގދ. ތިނަދޫގައި ވެސް މިޕްރޮޖެކްޓުގެމަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.