ވޯޓްލާން މަރުކަޒަށް ދަނީީ "ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ" ނުބަލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

ޝަރީފް ވިދާޅުވީ ވޯޓްލާ މަރުކަޒަށް ވޯޓްލާން ދާ މީހާގެ ނަން ވޯޓާސް ލިސްޓްގައި އޮވެއްޖެނަމަ އެ މީހަކަށް ވޯޓް ލެވޭނެ ކަމަށެވެ.

ވޯޓްލާ މަރުކަޒަށް ވޯޓްލާން އަންނަ މީހާގެ ނަން ވޯޓާސް ރަޖިސްޓްރީގައި އޮވެއްޖެނަމަ އޭނާއަށް ވޯޓް ލެވޭނެ. ކިހިނެތްތޯ، ކޮންތާކުންތޯ އައީ ހުއްދަ ހޯދައިގެންތޯ އިލެކްޝަންސް ކޮމިޝަނަކުން ނުބަލާނެ.

ޝަރީފް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝަރީފް ވަނީ ރައްކާތެރިކަމާއެކު ވޯޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމަށް އެދި ވަޑައިގެންފަ އެވެ.

މީގެ ކުރިން މޮނީޓަރިންގެ ދަށުގައިވާރަށެއްނަމަ އެއްރަށުން އަނެއްރަށަށް ދަތުރުކުރުމަށް ހުއްދައެއް ނަގަން ޖެހެއެވެ. އަންނަ ހޮނިހިރުދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޙަާބުގައި ވޯޓްލާން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށް އީސީއަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

ކޮވިޑް19ގެ ސަބަބުން އަހަރެއްހާދުވަހަށް ލަސްކުރެވިފައިވާ މި އިންތިހާބުގައި ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާ މީހުންނަށްވެސް ވަނަި ވޯޓް ލުމުގެ ފުރުސަތު ދީފަ އެވެ. އެގޮތުން އެފަރާތްތައް ވޯޓްލާނީ އެންމެ ފަހުން އާންމުންގެ ވޯޓް ކިއު ބަންދު ކުރުމުން ހަވީރު ފަހަކުން ހަޔަކަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާ މީހުން ވޯޓްލާން ދިއުމުގެ ކުރިން އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހެއެވެ. ހުއްދަ ލިބުމުން ވޯޓްލާ މަރުކަޒަށް ދާން ޖެހޭނީ އެމީހަކު އަމިއްލައަށެވެ. އަދި ވޯޓްލާން ޖެހޭނީ އެހީތެރިިއަކާ ނުލައި އެކަންޏެވެ.