އެމްޑީޕީއަކަށް ފުރަ މާލޭގައި ދެން ޖަލްސާއެއް ބާއްވާހާ ހިތްވަރެއް ނެތްކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިދިކޮޅުން ބޭއްވި ރެލީ ސަރުކާރުހިންގާ މަައިޕާޓީ އެމްޑީޕީއަށް ހަޖަމެއް ނުވިކަމަށާއި އެޕާޓީއަށް ކުރާނީ “ހަމަ އަސަރެއް” ކަމަށް ވިދާޅުވެފައިވެއެވެ.

Ad
rt

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ބުނެ އިދިކޮޅުން ކުރާ މަސައްކަތުގެ ތެރެއިން "ދަވާލައިފި” ގެ ނަމުގައި ރޭ ވަނީ އިދިކޮޅުން ރެލީއެއް ކާނިވާ ސަރަހައްދުގައި ބާއްވާފަ އެވެ.

ޖަލްސާއަށް ހީކުރި ވަރަށް ވުރެ ވެސް ގިނައިން މީހުން އައި ކަމަށް ޕީޕީއެމުން ޖަލްސާގެ ތެރޭގައި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅިވެފައިވަނީ، އިދިކޮޅުން ކުރާ މަސައްކަތުން ސަރުކާރު ޖަވާބުދާރީ ކުރެވޭ ކަމަށާއި ކަންކަން ރަނގަޅު ނުވާކަމަށްވާނަމަ މަގުމައްޗަށް ނުކުމެ މުޒާހަރާ ވެސް ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.