ސައުވީސް ގަޑިއިރު ތެރޭގައި ކ. ގުޅިން 700 ޓަނުގެ ކުނި ސާފުކޮށްފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މިހާރު ދަނީ އެ ރަށުގައި ހުރި އިތުރު ކުނިތައް ނައްތާލައި ރަށް ސާފު ކުރުމިގެ މަސައްކަތް ކުރަމުންނެވެ.

Ad
rt

މިއީ ރާއްޖޭގެ ރަށްތަކުގައި އެއްކޮށްފައި ހުރި ކުނި ނައްތާލައި އެ ރަށްތަކަކީ ސާފު ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެދަށުން މިހާރުވެސް ބައެއް ރަށްރަށުގެ ކުނި ނައްތާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވެމްކޯއިން މި މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުޅުދުއްފުށި ސިޓީންނެވެ. އެއަށްފަހު ފުވައްމުލަކު ސިޓީ އާއި ކ. ކާށިދޫ އަދި ގދ. ތިނަދޫގައި ވެސް މި ޕްރޮޖެކްޓުގެމަސައްކަތް ވަނީ ފަށައިފައެވެ.