2018 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ހިސާބު މާއްދާއިން މުޅި ދުނިޔެ އިން އެއް ވަނަ ހއ އުލިގަމު ސްކޫލްގެ ޒަޔާން ސައުދުﷲ ހޯދައިފި އެވެ.

ޒަޔާންއަށް އެވޯޑުއާއި ހަނދާނީ ލިޔުން އަދި އިނާމް ހަވާލު ކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ރޭގެ ހަފަލާގައި މާލޭ ސުކޫލެއް ފިޔަވާ އަތޮޅުތެރޭ ސުކޫލެއްގެ ދަރިވަރަކަށް ދުނިޔެއިން އެއްވަނަ ލިބިފައިވަނީ ހަމަ އެކަނި ޒަޔާން އަށެވެ. ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، އެކިއެކި މާއްދާތަކުން 53 ދަރިވަރަކު ވަނީ ދުނިޔޭގެ ފެންވަރުގައި ހިމެނިފަ އެވެ. އޭގެ ތެރެއިން ހަ ދަރިވަރަކު ދުނިޔޭގެ އެއް ވަނަ ހޯދާފައިވެއެވެ.

Ad
rt

މިދިޔަ އަހަރުގެ ތެރޭގައި 6600 ދަރިވަރުން ސާނަވީ ތައުލީމު ވަނީ ނިންމާފައެވެ. އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި ހިމެނުނު 404 ދަރިވަރަކަށް ވެސް ރޭގެ ހަފްލާގައިވަނީ އެވޯޑް ދީފައެވެ.

2018 ވަނަ އަހަރު ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި، ވަކިވަކި މާއްދާތަކުން ވަނަތައް ޙާސިލްކުރި ދަރިވަރުންނާއި، ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނެނު ދަރިވަރުންނަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙެވެ.

ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުން
1- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް، މެރިން ސައިންސުން

2- ޒަޔާން ސައުދުﷲ، ހއ. އުލިގަމު ސްކޫލް، މެތަމެޓިކްސް އިން

3- އަހުމަދު ރަސަލް ތަސްލީމް، އަހުމަދިއްޔާ ސްކޫލް. ބިޒްނަސް އަދި އިކޮނޮމިކްސް އިން

4- ޒަޔާން އަބްދުﷲ ނާޒިލް، އިސްކަންދަރު ސްކޫލް، ބަޔޮލޮޖީންލ

5- އާމިނަތު ލާމިއާ މަގްބޫލް، އިސްކަންދަރު ސްކޫލް، ޓްރެވެލް އެންޑް ޓޫރިޒަމް އިން

6- އަޒްމާން އަބްދުﷲ، ބިލަބޮންގް ސްކޫލް، ސޯޝަލޮޖީން

ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުން

1- އަހުމަދު އީޖާޒް ހުސެއިން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު

2- އާމިނަތު ޖަންނަ، އަމީނިއްޔާ ސްކޫލް

3- އާމިނަތު ނޫހާ ނިމާލް، ކަލާފާން ސްކޫލް

4- ހާޝިމް އިބްރާހިމް. ފ. އަތޮޅު ތައުލީމީ މަރުކަޒު

5- އިބްރާހިމް ޔައިޝް ޝާކިރު، ދަރުމަވަންތަ ސްކޫލް

6- މަރިޔަމް އިނާން އިބްރާހިމް ރަޝީދު، އަމީނިއްޔާ ސްލޫލް

7- މުހައްމަދު އައިލަމް ހުސެއިން، އަހުމަދިއްޔާ ސްކޫލް

8- ޔޫސުފް ޔާނިއު އަހުމަދު، ޖަމާލުއްދީން ސްކޫލް