ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ލ. ފޮނަދޫގައި އެއްވެފައި ހުރި 450 ޓަނުގެ ކުނި މިހާތަނަށް ނައްތާލައިފިއެވެ.

ވެމްކޯއިން މައުލޫމާތު ދޭ ގޮތުގައި މިއީ އެ ރަށުގައި އެއްކޮށްފައި ހުރި ކުނީގެ 85 އިންސައްތައެވެ. ބާކީ ހުރި 15 އިންސައްތަ މަސައްކަތް ވެސް ތާވަލުކޮށްފައިވާ ދުވަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ad
rt

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވެފައި ހުރި ކުނި ނައްތާލައި ރަށްތަށް ސާފު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ވެމްކޯއާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިހާތަނަށް 20 ރަށެއްގެ ކުނި ނައްތާލުމުގެ މަސައްކަތް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

މި ޕްރޮޖެކްޓު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ނައްތާލާފައިވަނީ ކުޅުދުއްފުށި ސިޓީގައި އެއްވެފައި ހުރި ކުނިތަކެވެ. އަދި މިހާރު ކ. ކާށިދޫ އާއި ފުވައްމުލަށް ސިޓީގައިވެސް މި މަސައްކަތް ކުރިއަށް އެބަދެއެވެ.