ހދ. ނޮޅިވަރަމުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ނޮޅިވަރަމު ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން އެރަށުން އަލަށް ދޫކުރަން ނިންމާފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އީއައިއޭ ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު މިމަހުގެ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ އެވެ.
އަންދާސީ ހިސާބު ހުށަހަޅާ މީހުންގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދޭނެ ގޮތްތައް ވެސް ކައުންސިލުން އާންމުކޮށްފައި ވާއިރު އޭގައި ވަނީ މަސައްކަތުގެ އަގަށް 60 ޕޮއިންޓު އަދި މަސައްކަތް ނިންމާ މުއްދަތަށް ވިހި ޕޮއިންޓެވެ. އަދި އެފަދަ މަސައްކަތްތައް ކުރެވިދާނެ ކަމުގެ މާލީ ގާބިލު ކަމަށް ދިހަ ޕޮއިންޓު ދޭގޮތަށް އޮތްއިރު މަސައްކަތުގެ ތަޖުރިބާއަށް ވެސް ވަނީ ދިހަ ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!