ހޯރަފުށި ފުޓްބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ކުރިން ހަދަން ޖެހޭ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ
މިރަސްމިއްޔާތުގައި ހޯރަފުށިގެ އިތުރުން ސަބް ބޭސް ތައްޔާރުކުރަން 6 ރަށެއްގެ ކޮންޓްރެކްޓްގައި ރަށުގެތެރޭގައި ހިމެނެނީ ލ. ގަން، ގދ. ތިނަދޫ، ތ. ތިމަރަފުށި، ވ. ކެޔޮދޫ، ހއ. ހޯރަފުށި އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީ އެވެ.
18 މިލިއަން ރުފިޔާ މި މަޝްރޫއު 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ބައިވެރިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!