ހއ. ހޯރަފުށީގައި ލައިސަންސު ކާޑު ހެއްދުމުގެ ބޭނުންވާ މެޝިނެއް އެ ރަށު ކައުންސިލަށް ހަދިޔަ ކޮށްފިއެވެ.
ހޯރަފުށީގައި ކައުންސިލަށް މި މެޝިން އިއްޔެ ހަދިޔާ ކުރީ އެޓޯލް މާކެޓް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މެޝިން ކައުންސިލާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަފީޒެވެ.
ހޯރަފުށި ކައުންސިލުން ބުނީ ދާދި އަވަހަށް ސީދާ އެ ރަށުން ލައިސަންސު ކާޑު ލިބިގެންދާނެެ ކަމަށެވެ.
License card Hoarafushi gai hedhumah Atoll Market Pvt Ltd in Hoarafushi Council ah dhehvi bodu eheetherikamah MD Hafeez ashaai kunfuneege verinah varah bodah shukuru dhannavan. pic.twitter.com/QPHwS61oVC
— Ahmed Saleem (@SalleHoarafushi) September 10, 2019
މިކަމާއި ގުޅޭ ގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަފުށީގައި ލައިސަންސު ކާޑު ހެދުމަށް އެޓޯލް މާކެޓްއިން ދެއްވި އެހީތެރިކަމަށް އެ ކުންފުނީގެ އެމްޑީ ހަފީޒު އަށާއި އިސްވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!