ހއ. ހޯރަފުށިގައި ޒަމާނީ ފުޓްބޯޅަ ސްޓޭޑިއަމެއް ތަރައްގީކުރަން ނިންމަވާފައިވާ ކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަފުށީގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިކަމަށެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ސަލީމު ހާމައެއް ނުކުރައްވައެވެ.
މީ ހޯރަފުށި ޒުވާނުންނަށް އުފާވެރި ހަބަރަކަށް ވާނެ ކަމަށް ވެސް ސަލީމްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
Hoarafushi zuvaanunah varah ufaaveri khabareh! Hoarafushigai zamaanee football stadium tharahgee kurumuge massakaiy sarukaarun fahtavaifi. Shukuriya Raees @ibusolih Shukuriya Minister @AhmedMahloof pic.twitter.com/y47tQmzrqH
— Ahmed Saleem (@SalleHoarafushi) September 11, 2019
ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ހޯރަފުށީގައި އަޅުއްވައިދެއްވި ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރުގެ ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރު ވަނީ އެ ރަށުގައި ފުޓްބޯޅަ ދަނޑެއް އަޅުއްވައިދެއްވަނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުރު ނިމިގެން ދިޔައިރުވެސް އެ ދަނޑު އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!