ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ތުރާކުނު ކައުންސިލް އަދި ހދ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހދ. ނެއްލައިދޫ ކައުންސިލް ހޮވިއްޖެ އެވެ.

2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ.

Ad
rt

މި އިންޑެކްސްއިން ހުރިހާ ރަށެއް ހިމަނައިގެން 1 ވަނަ ރަށު ކައުންސިލަކަށް ހޮވިފައިވަނީ ފ.ނިލަންދޫ ރަށު ކައުންސިލެވެ. އަދި 2 ވަނައަށް ކ.ހުރާ ކައުންސިލް ހޮވިފައިވާއިރު 3 ވަނަ ހޯދާފައިވަނީ އއ.މަތިވެރީ ކައުންސިލެވެ.

ވަކިވަކި އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ރޭންކިންގއަށް ބަލާއިރު ހއ. އަތޮޅުން އެންމެ މަތީ މާކްސް އެއް ހޯދާފައިވަނީ ހއ. ތުރާކުނު ކައުންސިލް އެވެ. 2 ވަނަ އަށް ހއ. މޮޅަދޫ ކައުންސިލް އަދި 3 ވަނަ އަށް ހއ. އުތީމު ކައުންސިލް އެވެ.

ހދ. އަތޮޅުން 1 ވަނަ ހދ. ނެއްލައިދޫ ހޯދި އިރު 2 ވަނަ ހޯދާފައިވަނީ ހދ. ކުރިނބީ ކައުންސިލް އެވެ. 3 ވަނަ ލިބިފައިވަނީ ހދ. ވައިކަރަދޫ ކައުންސިލް އަށެވެ. މިއީ ވައިކަރަދޫ ދާއިރާގައި ހިމެނޭ 3 ރަށް ކަމުގައި ފާހަގަ ކޮށްލެވެއެވެ.

މި އިންޑެކްސްގެ ތެރެއިން އުތުރުގެ އަތޮޅު ތަކަށް ބަލާއިރު ހއ. އަތޮޅު ކައުންސިލްއަށް ލިބިފައިވަނީ 10 ވަނަ އެވެ. ހދ. އަތޮޅު ކައުންސިލް އަށް 18 ވަނަ އަދި ށ. އަތޮޅުކައުންސިލް އަށް 4 ވަނަ ލިބިފައިވާ އިރު ނ. އަތޮޅުކައުންސިލްއަށް ލިބިފައިވަނީ 17 ވަނަ އެވެ.

ޖުމްލަ 5 ސަބް އިންޑީސަސް އެއްގެ އެވްރެޖްގެ މައްޗަށް ބިނާކޮށް 2016 ވަނަ އަހަރުންފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކައުންސިލްތައް އަންނީ ރޭންކު ކުރަމުން ނެވެ.