ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދޯނި ބޭންކިންގެ ޓީމުން އަންނަ ހަފްތާ ހދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ބީއެމްއެލްއިން ބުނީ މި މަހުގެ 15 ވާ އާދީއްތަ ދުވަހު ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މަކުނުދޫ އަދި ވައިކަރަދޫއަށެވެ. އަދި 16 ވާ ހޯމަ ދުވަހު ދިއުމަށް ހަމަޖެހިފައި ވަނީ ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނެއްލައިދޫއަށް ކަމަށާއި 17 ވާ އަންގާރަ ދުވަހު އެ ބޭންކުގެ ޓީމުން ދާނީ ކުމުންދޫ އަދި ނޭކުރެންދޫ އަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި މަހުގެ 18 ވާ ބުދަ ދުވަހު ފިނޭ، ހިރިމަރަދޫ، ނާވައިދޫ އަދި ކުރިނބީ އަށް ދިއުމަށް ހަމަޖެހިފައިވާއިރު، 19 ވާ ބުރާސްފަތު ދުވަހު ދާނީ ހަނިމާދޫ އަށް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

Ad
rt

އެ ބޭންކުން ބުނީ މި ރަށްތަކުގެ މީހުން ލޯނަށް ފައިސާ ދެއްކެވުމަށް ވަޑައިގަންނަވާއިރު، އެންމެ ފަހުން ފައިސާ ދެއްވި ސްލިޕް ގެންނެވުން އެދިލައްވާ ކަމަށެވެ. އަދި މި ދަތުރުތަކުގެ ތާވަލަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ޓީމުގެ ފަރާތުން ރަށްރަށަށް އެކަން އަންގަވަމުން ގެންދަވާނެ ކަމަށް ބޭކުންބުނެއެވެ.

ބީއެމްއެލް ދޯނި ބޭންކިން ހިދުމަތަކީ ބޭންކްގެ ގޮފިތައް ނުހުންނަ ރަށްރަށުގެ ރައްޔިތުންނަށް ވީޙާވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ދެމުންދާ ހިދުމަތެކެވެ.

މިގޮތުން މަހަކު އެއްފަހަރު ބެންކް ގޮއްޕެއް ނުހުންނަ ހުރިހާ ރަށަކަށް ބެންކްގެ ދޯނީގައި މުވަށްޒަފުން ޒިޔާރަތްކޮށް އެކައުންޓް ހުޅުވުމާއި އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމާއި ފައިސާ ނެގުމާ ލޯނު ފައިސާ ބަލައިގަތުމުގެ އިތުރުން ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ހަވާލުކުރުންފަދަ ހިދުމަތްތައް ފޯރުކޮށްދެއެވެ.

މީގެ އިތުރުން ބެންކް ގޮއްޕެއް ނުހުންނަ ހުރިހާ ރަށެއްގައި ދިރިއުޅޭ 65 އަހަރުންމަތީގެ މީޙުންނަށް ކޮންމެ މަހަކު ލިބޭ ޕެންޝަން ފައިސާ ހަވާލުކުރުމަށް މަހަކު އެއްފަހަރު ބޭންކްގެ މުވަށްޒަފުން އެހުރިހާ ރަށަކަށް ޒިޔާރަތްކުރެއެވެ.