ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން އަންނަ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތް ހަދައިފިއެވެ.

ވެމްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާރު އެ ކުންފުނީގެ ވެބްސައިޓު http://wamco.com.mv/online ބޭނުންކޮށްގެން ހިދުމަތްތަކަށް އެދެވޭނެކަމަށެވެ.

Ad
rt

ހިދުމަތްތަކަށް އެދެން ބޭނުންވާނީ އައިޑީ ކާޑުގެ ފޮޓޯއެއް އެކަންޏެވެ. އައިޑީ ކާޑު ފޮޓޯއާއެކު ފޯމު ފުރުމުން ހިދުމަތަށް އެދެވުނީއެވެ.

ވެމްކޯއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ގޭބިސީތަކުން ކުނި ނެގުމާއި ކޮމާޝަލް ތަންތަނުން ކުނި ނެގުން ހިމެނެއެވެ.

ވެމްކޯއިން އަންނަނީ އެ ކުންފުނިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަވާނެހެން ގިނަ އިންތިޒާމް ތަކެއްވެސް ހަމަޖައްސައި ދެމުން ނެވެ. އަދި ޚާއްޞަކޮށް ކޯވިޑް19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް އެކުންފުނިން ވަނީ އެ ކުންފުނިން ދޭ ޚިދުމަތްތައް އާންމުންނަށާއި، އެ ކުންފުނިން ޚިދުމަތްހޯދާ އެހެން ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ލިބޭނެ ގޮތްތަކަށް އިންތިޒާމް ކޮށްފަ އެވެ.