ހއ. އަތޮޅު ކައުންސިލުން -/525000 ރުފިޔާގެ ހިއްސާ ގަނެފި އެވެ.
އިސްލާމިކް ބޭންކުގެ ކުޅުދުއްދުށީ ބުރާންޗް މެދުވެރިކޮށް ހއ. އަތޮޅު ކައުންސިލުން ގަނެފައިވަނީ 35 ރުފިޔާގެ ރޭޓުން 15،000 ހިއްސާ ކަމަށް ހއ އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.
އެކަމަށްޓަކައި މިއަދު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗުގައި ބޭއްވި ހަފްލާއެއްގައި އަތޮޅު ކައުންސިލްގެ ފަރާތުން ލިޔުން ހަވާލުކޮށްދެއްވީ ޑިރެކްޓަރު ޖެނެރަލް އަބުދުﷲ ޝަފީގެވެ. އެމްއައިބީގެ ފަރާތުން ހިއްސާގެ ލިޔުމާ ހަވާލުވެލެއްވީ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އާދަމް އަހުމަދެވެ.
އެމްއައިބީ ބުރާންޗު މެނޭޖަރު އާދަމް އަހުމަދު ވިދާޅުވީ ހިއްސާގަތުމަށް ހުޅުވާލުމާއެކު ވަރަށް ބޮޑު ތަހުރީބެއް ލިބެމުންދާ ކަމަށާއި މިއީ ބޭންކުގެ ހިއްސާދާރަކަށްވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
މިދިޔަ މަހު ށ އަތޮޅު ކައުންސިލުންވެސް ވަނީ އެމްއައިބީ އިން 3,000,200.00ރ. (ތިން މިލިއަން ދުއިސައްތަ ރުފިޔާ) އަށްވާ، ހިއްސާއެއްގެ މޫނުމަތީއަގު 35.00ރ. (ތިރީސްފަސްރުފިޔާ)ގެ މަގުން 85,720 ހިއްސާ ގަތުމަށް ނިންމާފައެވެ.
އެމްއައިބީން އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާ އެވެ. މި އަދަދު އިތުރުކުރަން ބޭނުން ނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!