އުތުރުގެ 6 ރަށެއްގެ ސިއްޙީ މަރުކަޒު ހިންގުމަށް އައު އިމާރާތެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތްގެ އެދިވަޑައިގަތުމަށް ސިއްޙީ މަރުކަޒުގެ އާ އިމާރާތް ހެދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާނުކުރައްވާފައިވާ އުތުރުގެ 4 ރަށަކީ ހދ.މަކުނުދޫ، ނ.މާފަރު، ށ.ކަނޑިތީމު، އަދި ހއ.ކެލާ އެވެ. މީގެ އިތރުން ފ.ފީއަލި އަދި އއ.ތޮއްޑޫވެސް ވަނީ އިޢުލާން ކޮށްފަ އެވެ.
މި މަޝްރޫޢުތަކަކީ ސިއްޙީ މަރުކަޒު ހިންގަމުންއަންނަ ކުދި އަދި ބާ އިމާތްތައްތަކުގެ ބަދަލުގައި ޖާގަ ތަނަވަސް ޒަމާނީ ފެންވަރުގެ ސިއްޙީ މަރަކަޒުތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުތަކެކެވެ. މިމަސައްކަތުގެ ތެރެއިން ސިއްޙީ މަރުކަޒުތަކުގެ ޖާހަ އިތުރުކުރުމާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ލުއިފަސޭހަކާމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.
މި މަސައްކަތްތައް ކުރިއަށްގެންދާނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ފިނޭނެސް މިނިސްޓްރީންވަނީ މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ. މަޝްރޫޢުގެ ބީލަން ހުޅުވުން އޮންނާނީ މާރޗްމަހުގެ 11ވަނަ ދުވަހުއެވެ.
ސަރުކާރުން މަސައްކަތްކުރަމުންދަނީ މާލެއެކޭ އެއް ފެންވަރަށް އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ފުރިހަމަކޮށް، މި ނިޒާމު ލާމަރުކަޒީކޮށް ހަރުދަނާކުރުމަށެވެ. އެގޮތުން ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށާފައިވެއެވެ. ސިއްޙީ ގޮތުން ރަށު ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތުގެ ފެންވަރު ރަނގަޅު ކުރުުމުގެ މަސައްކަތްތައްވެސްވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!