ގައުމީ ގުރްއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އެއްވަނަ ހއ. އަތޮޅު މަދަރުސާގެ ދަރިވަރު މަރިޔަމް އަފާފް މުހައްމަދު ހޯދައިފިއެވެ.
33 ވަނަ ގައުމީ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހަލްފާގައި އަފާފްއާ އިނާމު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އަފާފްއަށް މަރުހަބާ ވިދާޅުވި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އަފާފް އެއްވަނަ ހޯދުމަކީ ހޯރަފުއްޓަށާއި އަތޮޅު މަދަރުސާއަށް ހޯދައިދިން ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި 1200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، މުޅި މުބާރާތުން އެއްވަނަ ހޯދީ އިމާދުއްދީން ސްކޫލުގެ ދަރިވަރު ސާއީ މުބާރިކް އެވެ.
ރޭގެ ހަފްލާގައި ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!