އެމްޓީސީސީން ރާއްޖެއަށް އެތެރެ ކުރާ ސުޒުކީ ބްރޭންޑުގެ 20 ހޯސްޕަވަރުގެ އިންޖީނުން 10،000ރ. ކުޑަކޮށްފިއެވެ.

މިއަދު އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ މިހާރު މި އިންޖީނުތައް ލިބެން ހުންނާނީ 71،600ރ. އަށްކަމަށެވެ. ކުރިން މި އިންޖީނު ވިއްކަމުން އައީ 82،000ރ. އަށެވެ.

Ad
rt

ސުޒުކީ ބްރޭންޑުގެ އިންޖީނަކީ ތެލުގެ ޚަރަދު ކުޑަވެފައި އަށު މަޑު އިންޖީނުތަކެކެވެ. އަދި އެހެން އިންޖީނުތަކާ އަޅާ ބަލާއިރު ސުޒުކީ އިންޖީނު ލުއިކަންވެސް ފާހަގަކުރެވެއެވެ.

މި ބްރޭންޑުގެ އިންޖީނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ އެމްޓީސީސީއެވެ. އެ ކުންފުނީގެ ދަށުން ހިންގާ ކަށަވަރު ޝޯރޫމުން މި އިންޖީނާއި އިންޖީނާ ގުޅޭމައުލޫމާތު ލިބޭނެ އެވެ.

އެމްޓީސީސީން އަންނަނީ ދިވެހި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ އިތުރުން ގިނަ ގުނަ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ، ސަރުކާރުގެ އެކިވަރުގެ އެތައް ތަރައްގީގެ މަޝްރޫޢުތައް ހިންގަމުންނެވެ.