ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އަށް 7 ވެށިފާރަވެރިން ހޯދަން އިޢުލާންކޮށްފިއެވެ.
ވެމްކޯއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި 7 މީހުން ހޯދަނީ ސައުތް ރީޖަނަލް އޮޕަރޭޝަންސް، ހިތަދޫ ގައި މަސައްކަތްކުރުމަށް ކަމަށެވެ. ވެމްކޯއިން ބުނީ ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔާކަމަށާއި މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންކަމަށެވެ.
"ވެށިފާރަވެރިޔާ" މަޤާމަށް މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު) 7 މީހުން މިމަގާމަށް ބޭނުންވާކަމަށް ވަނީ ބުނެފައެވެ.
މި މަޤާމުގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއް ކަމުގައިވުން، ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން، އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުމެވެ.
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
- ޑިޕާޓްމަންޓުގެ އިރުޝާދުގެ ދަށުން ވެމްކޯ ސައުތު ރީޖަންގެ ކުނި ނެގުމަށް ރެޖިސްޓްރީ ކުރެވިފައިވާ ތަންތަނުން ކުނި ނެގުން
- ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުން ނެގޭ ކުނި ކުންފުނީގެ ވެހިކަލްތަކަށް އެރުވުން
- ހަވާލުކުރެވިފައިވާ ޒޯން/ބްލޮކްގެ ކުނި ނެގުމަށްފަހު އަދުވަހު މަސައްކަތާއި ހަވާލުވެ ހުންނަ ސުޕަވައިޒަރ/ޑްރައިވަރ ނުވަތަ އެދުވަހު ހަވާލުވެހުރި މުވައްޒަފައެއް އަންގާ ގޮތެއްގެމަތިން ނިންމާ ކުރެވުނު މަސައްކަތްތައް ރިޕޯޓްކުރުން
- ތަނުގައި ދިމާވާ މައްސަލަތައް ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ގަވާއިދުން ރިޕޯޓްކުރުން
- ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ކޯޕަރޭޝަންގެ މަޤްސަދުތައް ހާސިލުކުރުމަށް އޮފީހުގެ އެހެނިހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން
- އަދި މިނޫނަސް ކޯޕަރޭޝަނުން ހަވާލުކުރާ ގުޅުންހުރި އެހެނިހެން މަސައްކަތްކުރުން
މިވަޒީފާއަށް އެދި ފޯމު ހުށައަޅަން ޖެހޭ ސުންގަޑި އަކީ 2021 ޖަނުއަރީ 26 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3025803 ފޯނަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!