ވެމްކޯގެ ކޯލް ސެންޓަރ އިން ޚިދުމަތް ފޯރުކޮށްދޭ ވަގުތު މެންދަމު 12 އަށް އިތުރުކޮށްފި
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.
ވެމްކޯއިން މިއަދު ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި ބުނެފައިވަނީ، 15 ޖަނަވަރީ 2021 އިން ފެށިގެން ވެމްކޯގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނައެމަށް ނިންމާފައިވާކަމަށެވެ.
ވެމްކޯގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނު 08:00 އިން މެންދަމު 00:00 އަށެވެ. އަދި ހުކުރު ދުވަސް ތަކުގައި ހެނދުނު 08:00 އިން 11:00 އަށް އަދި މެންދުރު 14:00 އިން މެންދަމު 00:00 އަށް ކޯލް ސެންޓަރ ގެ ޚިދުމަތް ލިބޭނެކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް ކޯލް ސެންޓަރު ހުޅުވިފައިވާ ވަގުތުތަކުގައި 1666 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ފުރަބަންދާއި ގުޅިގެން ވެމްކޯއިން ވަނީ ކޯލްސެންތަރުގެ ވަގުތުތަކަށް ބަދަލު ގެނެސްފަ އެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަވާނޭހެން ގިނަ ބަދަލުތަކެއް ޚިދުމަތަށް ގެނެސް، ވެމްކޯއިން ދެވޭ ޚިދުމަތްތައް ފުރަބަންދުގެ ހާލަތާއި ގުޅުވައިގެން ކަސްޓަމަރުންނަށް ފަސޭހަކޮށް ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!