ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް(ބީވީއައިއެސްއެމް) ނުވަތަ ލޯފަން ކުދިންގެ ޖަމިއްޔާއަށް ފަންޑު ރެއިޒް ކުރުމުގެ ގޮތުން ޓީޝާޓު ވިއްކުމަށް ނިންމައިފިއެވެ.
ލޯފަން ކުދިންގެ ޖަމިއްޔާގެ ރައީސް އަލީ ޝަމީން "ތިލަދުން" އަށް ވިދާޅުވީ ޓީޝާޓް ވިއްކުމަށް ނިންމީ އެ ޖަމިއްޔާގެ އެކި އިވެންޓުތަކަށް ފަންޑުރެޒިކް ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ޓީޝާޓު ވިއްކުމަށް ނަން ނޯޓުކުރުން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދީފައިވާ މުއްދަތުގައި ނަން ނޯޓު ކުރާ ފަރާތްތަކަށް މި މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ޓީޝާޓު ވިއްކަން ފަށާނީ. ޓީޝާޓު ވިއްކުމަށް އަޅުގަނޑުމެން ފަންޑްރެއިޒިން އިވެންޓެއް މާލޭގައި ބާއްވަން ރާވަވަމުން މިދަނި. މިކަމުގެ ތަފްސީލު ފަހުން ހާމަކުރާނަން." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ވިއްކާ ޓީޝާޓުތައް ޕްރިންޓު ކޮށްފައިވާނީ ރާއްޖެއިން ބޭރުން ކަމަށާއި އެތަކެތީގެ ކޮލެޓީ މޮޅުވާނެ ކަމަށެވެ.
ޓީޝާޓު ގަންގަން ނަން ނޯޓުކުރަން ބޭނުންފުޅުވާ ފަރާތްތަކުން އެ ޖަމިއްޔާގެ ޕޭޖަށް މެސެޖުކުރުމަށް ޝަމީމު އެދެއެވެ. ޓީޝާޓެއްގެ އަގަކީ އެންމެ 150 ރުފިޔާއެވެ. ޓީޝާޓް ލިބެން ހުރި ސައިޒްތަކަކީ ސްމޯލް، މީޑީއަމް، ލާޖް އަދި އެކްސް ލާޖެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!