ހދ. ހަނިމާދޫގައި އަލަށް އަޅާ އިންޓަނޭޝަނަލް އެއާޕޯޓަކީ، މުޅި ރާއްޖޭގެ އިޤުތިޞާދީ ނާރެހަށް ވެގެންދާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ގަޕޯ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

Ad
rt

ގަޕޯ ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓަކީ އުންމީދުން ފުރިގެންވާ ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓު މަޖިލީހަށ ްފުރަތަ ހުށަހެޅުނު އިރަށްވުރެ އެބަޖެޓުން ދައުލަތަށް ލިބޭނެ އާމްދަނީ މިހާރު އިތުރުވެގެން ދާނެ ކަމަށް އޭނާ ފާގަކުރެއްވިއެވެ.

ގަޕޯ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އިޤުތިޞާދީ ގޮތުން ކުރިއަށްދާއިރުގައި، ރާއްޖޭގެ އިޤުތިޞާދު ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެވޭ ގޮތަށް ހުޅުވައިލެވެން ޖެހޭކަމަށެވެ. މިއަދު ރާއްޖޭގައި އޮތީ ވިޔަފާރީގައި އެންމެ ފަހި މާޙައުލެއް ނޫންކަން ފާހަގަ ކުރަށްވާ އޭނާ ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ބާރަށް ކުރިއަށްދާނީ ވިޔަފާރީގައި ހުރި ހުރަސްތައް ނައްތާލައި، ރަނގަޅަށް ވިޔަފާރިކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންވެގެން ދިޔުމުން ކަމަށެވެ.

''ޓޫރިޒަމް ގާނޫނަށް ހުށަހެޅިފައިވަނީ ހެޔޮ ބަދަލުތަކެއް، އޭގެ ސަބަބުން ތިލަދުންމައްޗަށް ވެސް ހަމަ ރަނގަޅު، ހެޔޮ ބަދަލުތަކެއް އައިސްގެންދާނެ އިއްޒަތްތެރި ރައީސް. ހަނިމާދޫގައި އަލަށް އަޅާ އިންޓަރނޭޝަނަލް އެއަރޕޯޓް އެޅިގެންދިޔައިމާ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ފެށިގެންދާނެކަމާ މެދު އަޅުގަނޑުމެން ކުރާ އުއްމީދު ކުޑައެއް ނޫން އިއްޒަތްތެރި ރައީސް. އިރާދަކުރެއްވިއްޔާ މި ފެށޭ އަހަރުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓް ޔޫރަޕުގެ ފުލައިޓް ޖެއްސޭވަރަށް ބޮޑުކުރުމުގެ މަސައްކަތް ފެށިގެންދާނެ. އެއީ މުޅި ރާއްޖޭގެ އިޤުތިޞާދީ ނާރެހަށް ވެގެންދާނެ އެއަރޕޯޓެއް އިއްޒަތްތެރި ރައީސް.''

ގަޕޯ ވިދާޅުވިއެވެ.

ހަމަ އެއާއެއްކޮށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ޓަކައި ހައިސްޕީޑް ފެރީ ސަރވިސެއް އެ ސަރަޙައްދުގައި ފެށިގެންދިޔުމުން ވެސް ކަންކަން ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''މިހާރު ހުށަހެޅިފައިވާ ޓޫރިޒަމް ބިލުން އެ ވަނީ ޓޫރިސްޓް ރިސޯޓް ހެދުމަށް ޓަކައި 4 ޑޮލަރަށް އަކަމީޓަރެއްގެ ރޭޓުން ނަގާ ކުލި ކުޑަކުރެވިފަ. ހަމަ އެއާއެއްކޮށް ގެސްޓްހައުސް އެޅުމަށް ޓަކައި 2 ޑޮލަރަށް އަކަމީޓަރެއް ނަގާ ރޭޓު އެ ވަނީ ބަދަލުކުރަން މަޖިލީހަށް ހުށަހެޅިފަ. އެކަން ވެގެންދިޔައިމާ ޓޫރިޒަމްގައި ހަމަ ލިބެންޖެހޭ ހެޔޮ މަންފާ ހދ. އަށް ވެސް ހަމަ ލިބިގެންދާނެ އިއްޒަތްތެރި ރައީސް.''

ގަޕޯ ވިދާޅުވިއެވެ.

ގަޕޯ އިތުރަށް ދެއްކެވި ވާހަކާގައި ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަނާއި ވައްކަން ކަމަށެވެ. ވޭތުވެދިޔަ ސަރުކާރުން ވައްކަމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ދައްކައި، މުޅި ޤައުމުގައި ކޮރަޕްޝަން ހިންގަމުން ދިއުމުގެ ސަބަބުން
އަދިވެސް މި އުޅެނީ އެކަމުން އަރައިނުގަނެވިގެން ކަަމަށް އޭނާ ވިދާޅުވިއެވެ.