އެންމެ މަތީ ފަންތީގެ އިއްޒަތްތެރިންނަށް އަރުވާ ވީވީއައިޕީ މޮޓޯކޭޑުގައި ހިމެނޭ ސަލާމަތީ އުޅަނދެއް ދުއްވުމުގެ މަސައްކަތާ ހަވާލުވި ފުރަތަމަ އަންހެން ފުލުހެއްގެ ޝަރަފު، ހދ. ކުޅުދުއްފުއްޓަށް އުފަން ފުލުހަކަށް ލިބިއްޖެއެވެ.

ހދ. ކުޅުދުއްފުށީ، ޗަމަން، ލާންސްކޯޕްރަލް އެލީނާ މޫސާ އަށް މި ޝަރަފު ލިބިގެން ގޮސްފައިވާއިރު، މި މޮޓޯކޭޑަކީ މިއަދު ސަލާމަތީ ބާރުތަކުން ފޯރުކޮށްދިން މޮޓޯކޭޑެކެވެ. މި މޮޓޯކޭޑުގައި އެލީނާ ހިމެނިގެން ގޮސްފައިވަނީ އެސްކޯޓުގެ އެންމެ ކުރިން ދުއްވާ ފުލުހުންގެ ސައިކަލު ދުއްވާ ފަރާތެއްގެ ގޮތުގައެވެ.

Ad
rt

ފުލުހުންގެ މީސް މީޑިޔާގައި މިކަން ހާމަކޮށްފައިވާއިރު، މިއީ ރާއްޖޭގައި އަލަށް އަންހެން ފުލުހަކަށް ލިބިގެން ދިޔަ ފުރުޞަތެއްކަން ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ، މިކަމަށްޓަކައި ފުލުހުން ވަނީ ލާންސްކޯޕްރަލް އެލީނާއަށް ތަޢުރީފުވެސް ކޮށްފައެވެ.

ލާންސްކޯޕްރަލް އެލީނާ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައެވެ.

މީގެކުރިންވެސް، ވީވީއައިޕީންގެ ބޮޑީގާޑުންގެ ގޮތުގައި އަންހެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައިވެއެވެ.