ރާއްޖޭގައި އޮތް ސަތޭކަ ތިރީހަކަށް ރިސޯޓު މަޖީދީމަގު ދެ ފަރާތުގައި އަތުރާލުމުން ރާއްޖޭގެ އިޤްތިޞާދީ ތަޞައްވަރު ފެންނާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މެންބަރު ޣަފޫރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ޣަފޫރު ވިދާޅުވީ ރާއްޖެ މި ހާލަތަށް އައިއިރުގައި މިސަރުކާރަށް ހޯދިފައިވާ ކާމިޔާބުތައް ފެންނާން އެބަހުރި ކަމަށާއި، ރާއްޖެއަށް މިހާހިސާބަށް މި އާދެވުނީ ކޮރޯނާ ވައިރަސްގެ ދުވަސްވަރު ދައުލަތުން ކުރި ބޮޑު ހޭދައިގެ ސަބަބުންކަމަށެވެ. އަދި ރާއްޖޭގެ ހާލަތު މިއަދު ކައިރީގައި ހުރި ޤައުމުތަކާއި ޔޫރަޕް އަޅާބެލި ކަމުގައި ވިޔަސް ކޮރޯނާ ވައިރަސް ކަންތަކުގައި އޮތީ ރަނގަޅަށް ކަމަށް އޭނާ ވިދާޅު ވިއެވެ.

މި ރަނގަޅު ހޯދެނީ ސަރުކާރުން ބޮޑު ހޭދައެއް ކޮށް، ބޮޑު މަސައްކަތްތަކެއް ކުރެވިގެން ފާހަގަކުރަށްވައި އޭނާ ވިދާޅުވީ މިގޮތުގައި ދެމިތިބެ ކުރިއަށް
ދާންޖެހޭ ކަމަށާއި، ކަންކަމާއި ފަރުވާ ކުޑަކޮށްލައި، މިކަމުން އަރައިގަނެވިއްޖެ ކަމަށް ދެކިވިއްޖެނަމަ އަނެއްކާވެސް ދުވަހުން ދުވަހަށް ކޯވިޑްގެ އަދަދު ދާނީ އިތުރުވަމުން ކަމަށެވެ. އަދި މި ޤައުމު އިތުރު ލޮކެޑައުނަކަށް ނުގޮސް ޤައުމު މި އޮތް ގޮތުގައި ކުރިއަށް ދިއުމަށް ޓަކައި އެންމެންގެ އެއްބާރުލުން މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާކަމަށް ޣަފޫރު ފާގަ ކުރެއްވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅިގެން ޣަފޫރު ވިދާޅުވީ ހުރިހާ ދާއިރާއެއްގެ ބޭފުޅުން ވެސް އެ ދާއިރާތަކުގައި ހުރި މަސައްކަތްތައް ކުރަން ބޭނުންވާ ކަމަށެވެ. ފެނާއި، ނަރުދަމާއާއި، ބަނދަރާއި ވަޅާއި ނުވެ ހުރި އެންމެހައި ކަންތައްތައް ކުރަން ބޭނުންވާ ކަމަށެވެ.

މިކަންކަން ކުރަން ޖެހޭކަމަށާއި، އެއާއިއެކު ދަރަނީގެ ވާހަކަ ދައްކާއިރުގައި، ނުކުރެވި ހުރި ކަންތަކުގެ ވާހަކަ ދައްކާ އަޑު އަޅުގަނޑުމެންނަށް އަޑުއިވޭލެއް މާ ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

''ދަރަންޏަށްވުރެ، މި ބަޖެޓަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް، ރާއްޖޭގެ ހުރިހާ ރަށަކަށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް މީގެ ފޮނިމީރުކަން ފޯރާނެ ބަޖެޓެއް އިއްޒަތްތެރި ރައީސް ޕްރޮޖެކްޓެއް ނެތް ރަށެއް ނެތޭ ބުނުމަކީ އެއީއެއް ގޯހަކަށް ނުވުން އިއްޒަތްތެރި ރައީސާ ހަމަ އެއާއެއްކޮށް މި ބަޖެޓުގައި މިހިރަ ކަންތައްތައް ތަންފީދުވެގެންދާއިރުގައި ރާއްޖޭގެ ތަރައްޤީގެ ވަސީލަތްތައް އަޅުގަނޑުމެންނަށް ގާއިމުކުރެވިފައިވާ މަންޒަރު އަޅުގަނޑުމެންނަށް ފެންނާނެ އިއްޒަތްތެރި ރައީސް''

ޣަފޫރު ވިދާޅުވިއެވެ.

އެ ތަރައްޤީ ރާއްޖެއަށް އަންނަމުން ދާކަމަށް ޣަފޫރު ފާހަގަ ކުރެއްވި އެވެ.

''ސިންގަޕޫރުގެ އޯޗަރޑް ރޯޑްގައި މެދުގައި ހުއްޓިފައި ބަލައިލީމާ އަޅުގަނޑުމެންނަށް ފެން މުޅި ސިންގަޕޫރް އިއްޒަތްތެރި ރައީސް، އެކަމަކު މަޖީދީމަގުގައި ހުއްޓުނީމަ އަޅުގަނޑުމެންނަކަށް ރާއްޖޭގެ އިޤުތިޞާދު އޮތް މިންގަނޑެއް ފެންނާކަށް ނެތް، ޢިއްޒަތްތެރި ރައީސް އަޅުގަނޑުމެން ރާއްޖޭގައި އޮތް ސަތޭކަ ތިރީހަކަށް ރިސޯޓު ގެނެސް މަޖީދީމަގު ދެ ފަރާތުގައި ބާއްވައިލީމާ އަޅުގަނޑުމެންނަށް ރާއްޖޭގެ އިޤްތިޞާދީ ތަޞައްވަރު ފެންނާނެ ޢިއްޒަތްތެރި ރައީސް
އަޅުގަނޑުމެން މި ތިބީ ފަހަތަކު ނޫން. އަޅުގަނޑުމެންގެ އިޤުތިޞާދު ކުޑައެއް ނޫން އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް ވެސް ހަމަ ބާރަށް ކުރިއަށްދެވޭނެ.''

ޣަފޫރު ވިދާޅުވި އެވެ.

އަޣުފު ވިދާޅުވީ ދަރަނި ނަގަންޖެހޭ ކަމަށާއި، ކަންކަން ކުރެވޭނީ، ދަރަނި ނަގައިގެން ކަމަށެވެ. އަދި ދަރަނި ފެންނަނީ ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑުމެން ބަޖެޓުގައި މި ލިޔަނީ ނަގާ ލޯނުގެ އަދަދު. އެއީ ބަޖެޓު ބޮޑުކޮށް، ދަރަނީގެ ގޮތުގައި ފެންނަ ސަބަބަކީ، ވޭތުވެދިޔަ ސަރުކާރުން ނެގި ބޮޑެތި ލޯނުތައް ބަޖެޓުގައި ހިމަނާފައިނެތީމާ ދަރަނީގެ ގޮތުގައި ފެންނަންނެތީ ބަޖެޓްގައި، އެހެންނަމަވެސް، ދައުލަތުގެ ދަރަނީގެ ގޮތުގައި އެ ހުރީ ފެންނަން ބޮޑުކޮށް، ބަޖެޓުގައި ހިމަނާފައި އޮތްތޯ، ހުޅުމާލޭ ބުރިޖުގެ ލާރި؟ ބަޖެޓުގައި ހިމަނާފައި އޮތްތޯ ދަރުމަވަންތަ ހޮސްޕިޓަލުގެ ލާރި؟ އެ އެއްޗެއްސެއް ނެތް ބަޖެޓުގައި ޖަހާފައެއް އިއްޒަތްތެރި ރައީސް އަދި ސާފު ގޮތެއްގައި އެނގޭނެ ގޮތަކަށް އެ އެއްޗެހީގެ ލިޔެކިޔުންތައް އަޅުގަނޑުމެންނަށް ފޮތްފޮތުން ފެންނާކަށް ނެތް. މި ސަރުކާރުން ބައިރުފިޔާއެއް ލޯނުގެ ގޮތުގައި ނެގިޔަސް މި ހުރީ ފޮތުގައި ލިޔެފައި އިއްޒަތްތެރި ރައީސް، އެހެންވީމާ، ދަރަނި ބޮޑުކޮށް ފެންނަނީ،''

ޣަފޫރު ވިދާޅުވިއެވެ.

މިއަދު އިދިކޮޅުން ދަރަނި ބޮޑޭ ކިޔައިގެން ވާހަކަދައްކާއިރުގައި ދަރަނީގެ ބޮޑު ވާހަކަ އެ ބޭފުޅުން ނުދެއްކުމަށް އިދިކޮޅު ފަރާތްތަކަށް ދަންނަވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

''ތި ބޭފުޅުންގެ ވެރިކަމުގައި ބޮޑު ދަރަންޏެއް އޮތްއިރުގައި އެ ވާހަކަ ނުދެއްކިފައި، މިއަދު ދެން ކޮން ވާހަކައެއްތޯރޭ ތި ބޭފުޅުން ތިޔަ ދައްކަވަނީ؟ އަދި އިއްޔެ ހިނގައިދިޔަ ކަމެއް އެއީ. ހަނދާންނެތްހާ ދުވަހެއް އިއްޒަތްތެރި ރައީސް، ނުވޭ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ދެއްކޭ ވާހަކައަކީ އަނެއް މީހާގެ ހަނދާނުގައި ވެސް ހުރެދާނެ ވާހަކައެއް ކަމަށް ގަބޫލުކޮށް، ކޮންމެވެސް ވަރަކަށް ވާހަކަދެއްކުން މަޑުޖައްސާލަން''

ޣަފޫރު ވިދާޅު ވިއެވެ.

ބަޖެޓް ބަހުސްގައި ޣަފޫރުވަނީ އޭނާ ތަމްސީލްކުރަށްވާ ހަނިމާދޫ ދާއިރާގައި ހިމެނޭ ހަނިމާދޫ، ފިނޭ، ނައިވާދޫ އަދި ހިރިމަރަދޫއަށް އަންނަ އަހަރު ބަޖެޓްގައި ހިމެނިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އެ ރަށްތަކުގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން ހަނިމާދޫ އިންޓަރނެޝަނަލް އެއަރޕޯޓްގެ މަޝްރޫޢު ފާހަގަ ކުރަށްވާ އޭނާ ވަނީ އެ މަޝްރޫޢުއަކީ މުޅި ރާއްޖޭގެ އިޤުތިޞާދަށް ކުރިއެރުންތަކެއް ގެނެސްދޭނެ މަޝްރޫޢުއެއްކަން ފާހަގަ ކުރަށްވާފަ އެވެ.

އޭގެއިތުރުން އޭނާ ވިދާޅުވީ އެ އެއަރޕޯޓުގެ މަސައްކަތް މިއަންނަ އަހަރު ފެށިގެން ކުރިއަށް ދާނެ ކަމަށާއި، އެއީ ތިލަދުންމަތީގެ ތަރައްޤީ ގުޅިފައިވާ އެއަރޕޯޓެއް ކަމަށެވެ.