ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.
މިއީ ކޯވިޑު ބަލީގައި ރާއްޖެއިން މަރުވި 44 ވަނަ މީހާއެވެ. އަދި މި ބަލީގައި އިއްޔެ ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޯވިޑް ބަލީގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
Last night at 11:32pm, a 52 yr old Maldivian male admitted at HMF ICU has passed.
This is the 44th #COVID19 death in the Maldives.
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
— Health Protection Agency (@HPA_MV) November 16, 2020
ރާއްޖޭގައި އިއްޔެ ކޯވިޑަށް 50 މީހުން ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 12،204 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 249 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 47 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،289 މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!