ޓުވީޓާގެ ތެރޭ ފީނަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ދިވެހި މާ ކަނޑުގައިމަތީ ދޯންޏެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ދޮށްޓަކުން މަހެއް ބާނަމުން ގެންދަވާ މަންޒަރަށެވެ.

Ad
rt

ެއެ މަންޒަރުން ސިފަވެގެން ދިޔައީ މިނިސްޓަރުގެ ދެއްވާ ބާރުގަދަ މެސެޖެކެވެ. ހަގީގަތުގައި ވެސް އެ ދެއްވީ މި ގައުމަށް ލޯބި ހުރި ކޮންމެ ދިވެއްސަކުވެސް ވިސްނާލައި ފިކުރު ހިންގާލަން ވަރަށް މުހިންމު މެސެޖެކެވެ.

މިނިސްޓަރު މަލީޙް ޓުވީޓާގައި ދޫކުރެއްވި ފުރަތަމަ ވީޑިއޯގައި ވިދާޅުވަނީ ''މިއީ ދިވެހިން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ފަހަތަށް ނުޖެހި ކުރާނެ" ކަމަށެވެ.

ދެވަނަ ވީޑިއޯއަށް ބަލައިލާއިރު މިނިސްޓަރުގެ ދޮށީގައި ގަނެފައިވާ މަސް ކުރިއަށްވުރެ ބިޔަ ކަމަށް ފެނެއެވެ. ވިދާޅުވީ ވެސް "ކުރީ ފަހަރަށްވުރެ ބޮޑު އެއްޗެއް" ކަމަށެވެ. އެއަށް ފަހު ދެއްވީ ވަރަށް މުހިންމު މެސެޖެކެވެ.

"ކުރީ ފަހަރަށްވުރެ ބޮޑު އެއްޗެއް، %99.9 އަކީ ކަނޑު، ކަނޑަށް ފަރިތަނުވެ ރާއްޖޭގެ ހަގީގީ އުފާވެރިކަން ނުލިބޭނެ، މީ ހަގީގީ ދިވެހިން، ގައުމު ދޫކޮށް ހިޖުރަ ކުރުމަކީ ހައްލެއް ނޫން، މި ރާއްޖެ ބިނާ ކުރަން ކޮންމެ މީހަކު ވެސް ހެނދުނު ހޭލާ އާމްދަނީ ލިބޭ މަސައްކަތެއް ކުރަންވީ"

މިނިސްޓަރު މަލީޙް ވިދާޅުވިއެވެ.

ގައުމެއް ގައުމެއް ގޮތުގައި އާރާސްތު ކުރުމަށް އެ ގައުމެއްގެ ރައްޔިތުންގެ ކެރުންތެރިކަމާއި، ހިތްވަރާއި ބުންވަރަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ހެނދުނު މަސައްކަތްފަށައި، ކޮންމެ މީހަކީ ވެސް އާމްދަނީ އެއް ހޯދުމަށް މަސައްކަތްކުރާ މީހަކަށް ވާންވީއެވެ. ޤާނޫނު ހުއްދަކުރާ އެއްވެސް މަސައްކަތަކީ މި ފަސްގަނޑުގައި ދިވެހިން ކުރާން ހަޑި މަސައްކަތެއް ނޫނެވެ. ބޭރުމީހުންގެ އަތްމަށްޗަށް އެތައް މަސައްކަތެއް ދޫކޮށްލައި، ރޭ ގަނޑު ހަތަރުދަމު ހޭލާތިބެފައި، ދުވާލު ނިދާލާއިރު ގައުމުގެ އިގްތިޞާދުގެ ހަފޮޅުން ބޭރުވެގެންދާ އެތައް މިލިއަން ޑޮލަރެއްގެ މަތިން ރޭކާވެސް ނުލާވަރަށް އަޅުގަނޑުމެން ޣާފިލުވެއްޖެ ނަމަ ދެން ނުކުންނާން ހުރި ނަތީޖާތައްވެސް އެބަ ފެނެއެވެ.

އެވާހަ ކުރުކޮށްލަމުން މިނިސްޓަރު މަލީޙް ދެއްވި އިތުރު މެސެޖަކަށް ބަލައިލާނަމެވެ. މި މެސެޖް ކުރީން މިދަންނަވާލި ވާހަކައާއި ގުޅެއެވެ. މިނިސްޓަރު ހިއްސާކުރަށްވާފައި މިވީޑިއޯ ގައި ފެންނަނީ ވަޅެއް ތެރޭގައި، ވަޅު ދިޔަ ހިއްކުމުގެ ކުރީން ވަޅު ސާފުކޮށް، އުނގުޅަމުން ދާ މަންޒަރެވެ. "ހަޑިއެއްވެސް މަސައްކަތެއް ނޯވޭ، އަމިއްލައަށް ކުރެވެން ހުރި ކަންކަން ކުރުމަކީ ކާބަފައިން ދަސްކޮށްދީފައިވާ ރީތި އަދަބުތައް، ވަކި ހަސަބަކަށް، ވަކި ނަސަބަކަށް ވާތީ މޮޅުކަމެއް ލިބިގެންނުވޭ، ގަދަ އަޅާ މަސައްކަތްކުރާ މީހާއަށް ކާމިޔާބުވާ ޒަމާން" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މަލީޙް މީސް މީޑިއާއަށް ދޫކުރެއްވި ބައެއް ވީޑިއޯތަކުން ފެންނަނީ ތަފާތު ބޭފުޅެއް ގޮތުގައިއެވެ. އެ ވީޑިއޯތަކުން ހުސްވަގުތު ބޭނުންތެރި ގޮތުގައި ބޭނުން ހިފަންވީ ގޮތުގެ މެސެޖުތައްވެސް ލިބެއެވެ.

މިނިސްޓަރު މަލީޙްގެ ދެތިން ވީޑިއޯއެއް ހިއްސާކޮށް މިގެނެސް ދެނީ ފަހަރެއްގައިވެސް މިނިސްޓަރު މަލީޙް، ޕްރޮމޯޓް ކުރުމުގެ ބޭނުމެއްގައި ނޫނެވެ. ބޭނުމަކީ މި މެސެޖުތައް ހިއްސާކޮށް ވިސްނާ ފިކުރުކު ކޮށްލަން ދޮރު ހުޅުވާލުމެވެ. މި މެސެޖުތަކަކީ މި މުޖުތަމައުއަށް ވަރަށް ވެސް ބޭނުންތެރި މެސެޖްތަކެއް ކަމުގައި ދެކޭތީއެވެ. މި މެސެޖުތަކުން މިކަންކަމާއި ފިކުރެއްނެތި، ވަރިހަމަކޮށްލައިގެން ހުރި އެކަކުގެ ވިސްނުމަށް ހެޔޮ ބަދަލުއައި ނަމަވެސް މަގުޞަދު ހާސިލްވީއެވެ.