ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައި ކުމުންދޫ ގެއެއް ބަލައި ފާސްކުރި އިރު ސިޙުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ލިޔުން ތަކެއް ފެނިފައިވާކަމަށެވެ.

Ad
rt

އަދި މިމައްސަލައާއި ގުޅިގެން މީހަކު ޙައްޔަރުކޮށްފައިނުވާއިރު، ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މިމައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ތިލަދުންއަށް މަޢުލޫމާތު ދީފައެވެ.

ކުމުންދޫއިން ވާހަކަ ދެއްވިމީހަކު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި މިއަދު ފުލުހުން ހަރަކާތްތެރިވީ ކަމަށާއި ދެގެއެއް ބަލާ ފާސްކުރި ކަމަށެވެ.

މިގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.