ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމް ކޮަށް ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ބައިވެރިވާ ޓީމްތައް އިއުލާން ކޮށްފިއެވެ.
“ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ދިއްދޫގެ ހަތް މުއައްސަސާއަކުން ހަތް ޓީމެއްވަނީ ބައިވެރިވެފައެވެ.
ބައިވެރިވެފައިވާ ޓީމް ތަކަކީ ހއ. އަތޮޅު ކައުންސިލްގެ ޓީމް، ޔުނައިޓެޑް ބީ.އެމް.އެލް، ދިއްދޫ ޕޮލިސް، ހއ. އޭ.އީ.ސީ، ފެނަކަ ދިއްދޫ، ދިއްދޫ ކައުންސިލް އަދި ހއ. އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ.
މި މުބުރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ 31 ވާ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރ 04 ބުދަ ދުވަހުގެ ނިޔަލަށް ދިއްދޫ ފުޓްސަލް ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!