ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރ ޔާސިރު ޢަބްދުއްލަޠީފް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ވަރުގަދަ ރައްދެއް ދެއްވައި ސުވާލެއް ކުރައްވައިފި އެވެ.
"ރާއްޖެ-އިންޑިއާ ކާގޯ ފެރީ: ދިވެހިންނަށް ކުރިއެރުން، އިގްތިސާދަށް ދިރުމެއް!" މިސުރުހީ ހިމަނުއްވާ އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ބޭނުމަކީ ދިވެހި އިގްތިޞާދުގެ މައްޗަށް އިންޑިއާ އިން އަތްގަދަ ކުރުންކަމަށާއި ދިވެހި ވިޔަފާރި ވެރިން ފުނޑާލުންކަމަށެވެ. އަދި ވޯރާ ވިޔަފާރި ވެރިންގެ ޒަމާން އަލުން އިޢާދަ ކުރުންކަމަށާއި ގައުމު އަޅުވެތި ކުރުން ކަމުގައެވެ.
އަދުރޭގެ މިޓުވީޓްއަށް ރައްދު ދެއްވަމުން ޔާސިރު އައްސަވާފައިވަނީ ވެރިކަމުގެ ދައުރެއް ނިމިދިޔައިރު އެއްވެސް ޤައުމެއްގެ އެހީއާއި އެކު ނަމަވެސް އުތުރުރަށް ކޮށްދެވުނީ ކޮންކަމެއްތޯ އެވެ. މިދަތި ވަގުތުގައިވެސް އަވަށްޓެރި އިންޑިޔާއާއިން މިމަސްރޫޢު ހިންގުމަށް އެހީތެރިވެދޭތީ އެކަމަށް ހުރަސް އެޅުމީ ދިވެހިރައްޔިތުންނަށް ޤައްދާރުވުން ކަމުގައިވެސް ޔާސިރުވަނީ ވިދާޅުވެފައެވެ.
ޔާސިރު މިމޭރުމުން ރައްދު ދެއްވާފައިވާއިރު މިދިޔަ ސަރުކާރުން ވަނީ އުތުރުގައި ވަރުގަދަ ޓްރާންސިޕްމަންޓް ޕޯޓްއެއް އެޅުމަށް ޕްލޭންތަކެއް ކުރަހާ އެކަން ކުރުމަށް އެސްއީޒެޑްގެ ނަމުގައި ޤާނޫނެއް އުފަންކޮށް ފައެވެ. ނަމަވެސް ވެރިކަމުގެ 5 އަހަރު ނިމިގެން ދިއައިރު އެކަމުގެ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.
ރާއްޖެ އާއި އިންޑިއާއާއި ދެމެދު ފެރީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ދާދި ފަހުން އިންޑިއާގެ ޝިޕިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާއި އެކްސްޓާނަލް އެފެއާޒާއި އެފްއައިސީސީއައި އިން ވަނީ މަޝްވަރާކޮށްފައެވެ.
ވެރިކަމުގެ ދައުރެއް ނިމިދިޔައިރު އެއްވެސް ޤައުމެއްގެ އެހީއާއި އެކު ނަމަވެސް އުތުރުރަށް ކޮށްދެވުނީ ކޮންކަމެއްތޯ. މިދަތި ވަގުތުގައިވެސް އަވަށްޓެރި އިންޑިޔާއާއިން ބ$ގެ މަސްރޫޢު ހިންގުމަށް އެހީތެރިވެދޭތީ އެކަމަށް ހުރަސް އެޅުމީ ދިވެހިރައްޔިތުންނަށް ޤައްދާރުވުން https://t.co/FSxLHNYNt0
— Yasir Abdul Latheef (@YasirLathyf) August 31, 2020
"ރާއްޖެ-އިންޑިއާ ކާގޯ ފެރީ: ދިވެހިންނަށް ކުރިއެރުން، އިގްތިސާދަށް ދިރުމެއް!" މިސުރުހީގެ ދަށުން ވަގުތު ނޫހުން ގެނެސްދީފައިވާ ރިޕޯޓުގައި އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލަކާއި ހަވާލާދީ ލިޔެފައިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެެދު ފެރީގެ ހިދުމަތް ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި އެކަމަށް އިންޑިއާ ސަރުކާރުން ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ދޭނެ ކަމަށް އޭނާ ވިދާޅުވިކަމަށެވެ.
ރާއްޖެ-އިންޑިއާ ފެރީ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ދާދި ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު، ފޯނުން މަޝްވަރާ ކުރެއްވިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ. އަދި ހދ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް، އަދި އެ ގައުމު މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ގަބޫލު ކުރައްވައެވެ.
އިންޑިއާ އިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ފެރީގެ ނަމަކީ "އެމްސީޕީ ލިންޒް"އެވެ. އެއީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. ފެރީ ފުރަތަމަ ފުރައިގެން އިންޑިއާގެ ޓުޓިކޮރަން އިން ދާނީ ކޮޗިންއަށެވެ. އޭގެ ފަހުގައި، އެންމެ ފުރަތަމަ އަންނާނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް ފަހު، ފެރީ އަންނާނީ މާލެއަށެވެ.މި ފެރީ މަހަކު ދެ ފަހަރު އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި ދަތުރު ކުރުމަށް ހަމަ ޖެހިފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ހިދުމަތް އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައިވަނީ މާލެއަށް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ހދ. ކުޅުދުއްފުށްޓައް ވެސް މި ހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
ރާއްޖެ-އިންޑިއާ ފެރީ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ދާދި ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު، ފޯނުން މަޝްވަރާ ކުރެއްވިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ކާގޯ ފެރީގެ ހިދުމަތާ އެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ. އަދި ހދ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށްވުމާ އެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް، އަދި އެ ގައުމު މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ގަބޫލު ކުރައްވައެވެ.
ކުޅުދުއްފުއްޓާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. މިކަމުގެ ވާހަކަތައް ދެކެވޭ ދުވަސްވަރެއްގައި އިދިކޮޅު ފަރާތްތަކުން އަންނަނީ މިކަމަށް ސީދާ ފާޅުގައި ދެކޮޅު ހަދާ އަޑު އުފުލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!