ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާއާއި ބެހޭގޮތުން މަޖިލިސްގައި ކުރެވުނު ސުވާލަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް ޖަވާބެއް ނުދެވުނެވެ.

މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި މިނިސްޓަރުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ދެންނެވި ކަމަށާއި މި ދެ މަސްރޫޢުގެ މަސައްކަތް ފެށޭނީ ކޮންއިރަކު ތޯ ޕްލޭނިން މިނިސްޓަރާއި ސުވާލުކުރަން ބޭނުން ކަމަށެވެ.

Ad
rt

ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ "ނަރުދަމާއާ ގުޅޭގޮތުން ކުރެއްވި ސުވާލުގައި ސީދާ އެރަށާއި ބެހޭގޮތުން މިވެނި ދުވަހެއްގައޭ ފެށޭނީ ދަންނަވަން ވަރަށް ދަތި" ކަމަށެވެ.

އެހެން ނަމަވެސް މިނިސްޓްރީގައި މަޢުލޫމާތު ހުންނާނެ ކަމަށާއި އެކަން ސާފުކޮށްފައި މެމްބަރަށް އެ މައުލޫމާތު އަރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ލަފާ ކުރެވޭ ބަޖެޓްގައި ކުމުންދޫ އަދި ނޭކުރެންދޫގެ ނަރުދަމާގެ މަޝްރޫޢު ވަނީ ހިމެނިފައެވެ.

ހދ.ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް 4,675,602 ރުފިޔާ ބަޖެޓްކުރެވިފައިވެއެެވެ. އަދި މިރަށުގެ ނަނިޒާމުގެ ޑިޒައިން މަސައްކަތާއި މަޝްރޫއަށް ކޮންސަލްޓަންޓެއް ހޯދުމަށް މި އަހަރު ކުރީކޮޅު އިޢުލާންކޮށްފައިވެއެވެ.

ހދ.ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް 3,564,725 ރުފިޔާ ހަރަދުވާނެއެވެ. މިއީ އޮފިޑް ފަންޑުގެ އެހީގައި ކުރިޔަށް ދާނެ މަޝްރޫއެކެވެ.