ދިވެހި ފިލްމު "ބަވަތި" ކުޅުދުއްފުށީ ތިލަދެކުނު ސިނަމާއި އަންނަމަހު ފަހެއް އަދި ހަ ވަނަ ދުވަހު އެޅުވުމަށް ހަމަޖެހިއްޖެ އެވެ.

ދިވެހި ފިލްމު އިންޓަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ އައި ފިލްމްސް ގެ މި އުފެއްދުމަކީ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރި ނުޒުހަތު ޝުއައިބު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާއިރު ފިރިހެން ލީޑުން ފެނިގެން ދާއިރާ މިދާއިރާއަށް މުޅިން އާ އަހުމަދު އިފްނާޒެވެ.

Ad
rt

ލޯބި، ބިރުވެރި އަދި މަޖާ ކަންކަން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލި ހިސާބުން މި ފިލްމަށް ދަނީ ގިނަބަޔަކު އިންތިޒާރު ކުރަމުންނެވެ.

ފިލްމު ނަގާފައިވަނީ މާލޭގެ އިތުރުން ކާށިދޫގައެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ދެވަނަ ވަނަ ދުވަހުއެވެ.

ފިލްމުގެ ޓިކެޓް އަންނަ މަހު ދެވަނަ ދުވަހުން ފެށިގެން ސިނަމާގައި ވިއްކުމަށް ހަމަޖެހިފައިވާއިރު މިހާރު ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ނަން ނޯޓު ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 9955020 ،9944032 ނަންބަރާ އެވެ.