ދިއްދޫގައި ބާއްވާ "2020 ނައިން އަ ސައިޑް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ބާއްވާ "2020 ނައިން އަ ސައިޑް" ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެ ލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައިވާކަމަށް އެސެންޓަރުން ނެރެފައިވާ އިޢުލާނެއްގައި ވަނީ ބުނެފައެވެ.

Ad
rt

މިމަހުގެ 7 ވަނަ ދުވަހު ނެރުނު މިއިޢުލާނުގައި ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވެ ލެއްވުމަށް ބޭނުންވާ ޓީމްތަކުން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯރމް ފުރުއްވުމަށްފަހު 12 އޯގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ދިއްދޫ އިޖްތިމާޢީ މަރުކަޒަށް ހުށައެޅުއްވުން އެދޭކަމަށެވެ.

މުބާރާތުގެ ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ވުމަށް އެދޭ ފޯރމް ހއ.ދިއްދޫ އިޖްތިމާޢީ މަރުކަޒުން ލިބެން ހުންނާނެކަމަށް އެމަރުކަޒުން ބުނެފައިވެއެވެ.