ސުޕްރީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން ބޭރުކުރަންޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓާއި ގުޅޭގޮތުން މިއަދު މަޖިލީހުަގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އެކަމަށް އެދި އެދި އޮތް އެންމެ ބޮޑު އެއްކަމަކީ އިންސާފު ޤާއިމުކުރުން ކަމަށާއި ރައްޔިތުން އެބޭފުޅުން އިންތިހާބުކޮށްފައި އެ ތިބީ އިންސާފު ޤާއިމުކުރަން ކަމަށެވެ.

Ad
rt

ސުޕްރީމް ކޯޓުން ހިންގާފައިވާ ކަންތައްތަކުގެ ވާހަކަ މިއޮތް ހުރިހާ ދުވަހު ދެއްކިޔަ ނުދީ ހިފަހައްޓާފައިވާކަން ފާހަގަ ކުރައްވާ ޔާސިރު ވިދާޅުވީ ސުޕްޜީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ މުގުރާލާފައިވާ ކަމަށެވެ. އަދި އެބޭފުޅުން މަސައްކަތް ކޮށްފައިވަނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ބާރެއް އެ ފަނޑިޔާރުންގެ ބާރުގެ ދަށަށް ގެންދިޔުން ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ މި ބޭފުޅުން މިތަނުން ދުރުކުރަން. އަޅުގަނޑު ބޭނުންވަނީ މިބޭފުޅުން މިތަނުން ދުރުކޮށްފައި ރައްޔިތުންނަށް އިތުބާރު ހިފޭ ފަރާތްތަކެއް އެތަންތަނަށް އައްޔަން ކުރުމަށް"

ސުޕްރީމް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔާސިރު ވިދާޅުވީ އެ ފަނޑީޔާރުން ވަކިނުކޮށް މި ޤައުމާއިގެން އަދި ޤައުމުގެ ތަރައްޤީއައިގެން ކުރިޔަށް ދެވޭނެ އެއްވެސް ގޮތެއް ނުފެންނަ ކަމަށެވެ.

"އެބޭފުޅުންނާ ދެކޮޅަށް ކިރިޔާވެސް ބަހެއް ބުނި ވަކީލުންވެސް ވަނީ ސަސްޕެންޑު ކޮށްފައި. ޓްވީޓެއް ކުރި ބޭފުޅުން ވަނީ ސަސްޕެންޑު ކޮށްފައި. މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތައްވެސް އެބޭފުޅުންވަނީ ބާތިލުކޮށްފައި" ޖަލްސާގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވަނީ ޖޭއެސްސީ އިން މަޖިލީހަށް ހުށަހަޅާފައިވާ ރީޕޯޓުގެ ފުރިހަމަކަމަށް ތަޢުރީފުކުރައްވާ، މި ރިޕޯޓް ހުށަހެޅުއްވިކަމަށްޓަކައި ޖޭއެސްސީގެ މެމްބަރުންނަށް ޝުކުރުއަދާކޮށްފައެވެ.