ރަށުން ބޭރުނުވެ ވިޔަފާރި ރަޖިސްޓަރކުރުމުގެ ހިދުމަތް ލިބެންޖެހޭކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާ ގުޅޭ ގޮތުން މަޖިޅިހުގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިފާއު ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ރާއްޖެއަކަށް ދަތުރު ކުރާއިރު ވިޔަފާރި ރެޖިސްޓްރީ ކުރުން ފަދަ ކޮންމެ ޚިދުމަތަކީވެސް ރައްޔިތު މީހާ އެ ހުންނަ ފަސްގަނޑުން ފަސޭހަކަމާއި އެކު ލިބޭނެ ޚިދުމަތަކަށް ވާން އެބަޖެހޭކަމަށެވެ.

Ad
rt

"ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ވެގެން ދާއިރުވެސް އަދި ޤާނޫނަކަށް ގެންނަ ކޮްންމެ ބަދަލެއްވެސް ވާންޖެހޭނީ ލާމަރުކަޒީ ސިފަ ޖެއްސުމަށް ސަމާލުވާން އެބަ ޖެހޭ" މެމްބަރު ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ މާލޭގެ އެކޮނޮމިކް މިނިސްޓްރީއަށް ދިޔައީމަ ވަގުތުން ވަގުތަށް ވިޔަފާރި ރެޖިސްޓަރީ އެބަލިބޭކަމަށާއި އެހެން ނަމަވެސް ރަށު ކައުންސިލަށް ފޯމެއް ލައިފިއްޔާ ދެމަސް ތިންމަސް ވަންދެން ޚިދުމަތަށް އިންތިޒާރު ކުރަން ޖެހޭކަމަށެވެ.

"ރައްޔިތު މީހާއަށް އެމީހާ ހުންނަ ރަށުގެ ކައުންސިލް މެދުވެރިކޮށް ފަސޭހަ ކަމާއި އެކު އަވަސް ޚިދުމަތް ލިބެންޖެހޭ"

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވިއެވެ.

ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާގުޅޭގޮތުން މެމްބަރުންގެ ކަންބޮޑުވުންތަކަށް މިނިސްޓަރަ އިއްޔެ ޖަވާބު ދެއްވާފައިވާއިރު، ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް އެކަށައެޅުމަކީ މުހިންމު ކަމެއްކަމުގައި މިނިސްޓަރ ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.