ހއ. ކެލާ ގައި ވަރުގަދަ ހުމެއް ފެތުރި، ރަށު ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރުވެސް އެޑްމިޓްކޮށް، އިތުރު ޑޮކްޓަރުން ފޮނުވައިދިނުމަށް އެދިއްޖެއެވެ .
މިހާރު އެރަށުގައި ބަލިމީހުން ބަލަމުންދަނީ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ހެލްތުވޯކަރުންކަމަށް މަޢުލޫމާތުލިބެއެވެ. ގަދަޔަށް ހުން އައިސް ހޮނޑުލާ ރޯގާއެއް ފެތުރެމުންދާ މިދުވަސް ވަރުގައި ޑޮކްޓަރު ބަލިވުމުން އުނދަގޫތަކާ ކުރިމަތިވާކަމަށާއި ވީހާވެސް އަވަހަކަށް އިތުރު ޑޮކްޓަރުން ފޮނުވައިދިނުމަށް އެރަށު ސިއްޙީ މަރުކަޒުން ހެލްތު މިނިސްޓްރީގައި އެދިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މިރޯގާގެ ސަބަބުން 10 ވަރަަކަށް ކުޑަކުދިންނަށް ފަރުވާދީފައިވާއިރު މިހާރުވެސް ދެކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!