ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހދ އަތޮޅު ކައުންސިލުން ހަމަޖައްސާފައިވާ އުސޫލާއި ގުޅިގެން އަތޮޅުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި އާބާދީގައި ހާހަކުންމަތީ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް
އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމްގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މެންބަރު ރާއީ އިތުރަށް ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ހާހަކުން މަތީގެ އާބާދީ އޮންނަ ރަށްރަށުގައި އޭޓީއެމް ބަހައްޓާ ތަކުލީފު ތަކުން ރައްޔިތުން ދުރުކޮށްދިނުމަށް ވީހާވެސް އަވަހަކަށް އެދޭ ކަމަށެވެ.
ހދ. ގައި ކިތައް ރަށުގަތޯ އޭޓީއެމް ހުރީ؟ މި ކަން ކަމުގައި ވެސް ހަމަ ޓޫރިޒަމްގެ އުސޫލު ތޯ؟ މީ 2020، ލަދުވެތި ނާތަހުޒީބު އުސޫލެއް، މީ އެއްވެސް ރައްޔިތަކުވެސް، ހުދު އަޅުގަނޑުވެސް ގަބޫލް ކުރާނެ ހަމަޔެއް އަދި އުސޫލެއްވެސް ނޫން. މީ ޢީދު ހަދިޔާ ތޯ؟
ރާއްޖޭގެ ނައިބް ރައީސް، ބޭންކް އޮފް މޯލްޑިވްސް، ދައުލަތުގެ ވަޒީރުން އަދި ހދ އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުން ޓެގުކުރައްވާ ރާއީ ބުނެފައިވެއެވެ.
އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލު ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
Alhugandu edhen abaadhee haahakun mathee hurihaa rashaku ves @bankofmaldives in ATM tha bahataa thakuleefu thakun rayyithun dhuru koh dhinumah veehaaves avahaka.
H.Dh gai kitha rashuga tho ATM huree ? mi kan kamugai ves hama tourism ge usoolu tho ? @faya_i @iameeru @FaisalNasym https://t.co/xNq9nn7avB— Mohamed Raee / Makunudhoo Constituency (@Mraee12) May 23, 2020
މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭންކުދޯނީގެ ޚިދުމަތް ފެށެންދެން ފައިސާ ނެގުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުޅުދުއްފުށި ކޮވިޑް ޓާސްކުފޯހުގެ ފަރާތުން އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލެއްކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
26000 ހާހަށްވުރެ ގިނަ އާބާދީއެއް އޮންނަ ހދ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނަނީ ދެރަށަކުންނެވެ. އެއީ ހަނިމާދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއިންނެވެ. ބާކީއޮތް 11 ރަށުގައި އޭޓީއެމް ގެ ޚީދުމަތް ނުލިބެއެވެ. މިރަށްރަށުގެ މީހުން ފައިސާނެގުމާއި ޖަމާކުރަން ބޭނުންވާނަމަ ޖެހެނި މިދެރަށުން ކުރެ ރަށަކަށް ދަތުރު ކުރާށެވެ. މިއުސޫލުގައި ވާގޮތުން މިރަށް ރަށުގެ މީހުންނަށް ވަކި ތާވަލެއްގެ ދަށުން ކޮންމެދުވަހަކުވެސް އޭޓީއެމްގެ ޚިދުމަތް ލިބޭނީ ގިނަވެގެން 15 މީހުންނަށެވެ. ހަފްތާއަކު 5 ދުވަހަށް މިހުއްދަވަނީ ދީފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!