މިރޭ ފަތިސް ނަމާދުން ފެށިގެން ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށި ސިޓީގެ މިސްކިތްތައް ހުޅުވާލަން ހަމަޖެހިފައިވާކަމަށް އެރަށުގެ ކައުންސިލް ތަކުން ބުނެފިއެވެ.
ކޯވިޑް-19 އާ ގުޅިގެން މިސްކިތްތަކުގެ ޖަމާއަތް އަލުން ފެށުމަށް ފުރަތަމަ ހިމެނި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ އާއި ދިއްދޫ ހިމެނިފައިނުވެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން 25 ރަށެއް ފިޔަވައި އެހެން ރަށްތަކުގެ ޖަމާއަތް ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނެވެ. ނަމަވެސް މިރޭ މިނިސްޓްރީއިން ވަނީ އެލިސްޓު އަލުން މުރާޖާކޮށް އުތުރުގެ 17 ރަށެއްގައި ޖަމާއަތުގައި ނަމާދުކުރަން ހުއްދަދީފައެވެ.
ހއ. ދިއްދޫގެ މިސްކިތްތަކުގައި އިމާމްވެ އީދު ނަމާދުކުރައްވާ ބޭފުޅުން
* މަސްޖިދުއްނޫރު (އުތުރު މިސްކިތް) - އަލްފާޟިލް ޖައުހަރީ ޢަލީ
* މަސްޖިދުލް ޣަފްރާން (ހުކުރު މިސްކިތް) - އަލްފާޟިލް ޢަބްދުﷲ ޝަފީޤް
* މަސްޖިދުއްރަހްމާ (ދެކުނު މިސްކިތް) - އަލްފާޟިލް ނަޞްރު ﷲ ޙަސަން
ކުޅުދުއްފުށި ސިޓީގައި ފިތުރު އީދު ނަމާދުކުރާނީ ހުކުރު ކުރާ ފަސް މިސްކިތުގެ އިތުރުން ބޮޑު ޖަމާޢަތުގައި ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީ އަބްދުލް ލަތީފް ހަސަން ވަނީ ވިދާޅުވެފައެވެ. އެގޮތުން މަސްޖިދުލް ޖަމާއަތުގައި އީދު ނަމާދުކުރައްވާނީ މުހައްމަދު އަލީ އެވެ. އަދި މަސްޖިދުލް ހަސަނާތުގައި ހުސެއިން އަހުމަދު، މަސްޖިދުލް ހަޟްރަތުގައި އަބޫބަކުރު ހަސަން، މަސްޖިދުލް ނޫރުގައި ހުސެއިން މުހައްމަދު، މަސްޖިދުލް ފިރުދައުސްގައި އީދު ނަމާދުކުރައްވާނީ ހަސަން ސޮބާހް އެވެ.
ކޯވިޑް-19 އާ ގުޅިގެން މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އިރުޝާދު ދެއްވާފައެވެ.
- ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން
- މުސައްލަ ހިފައިގެން މިސްކިތަށް ދިޔުން
- އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން
- ރޯގާޖެހި، ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން
- މާސްކު އަޅައިގެން މިސްކިތަށް ދިޔުން
- މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!