ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ރޭ ބަޔަކު އެއްވީ އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުކަހު އެރަށު މީހަކާއި، މުޚާތަބު ކުރި ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ 2020 މާރިޗް 30 ވަނަ ދުވަހު ހއ. ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ޒުވާނުން ގެ ތެރެއިން ބަޔަކު އެއްވެ އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުކަހު އެރަށު މީހަކާއި، މުޚާތަބު ކުރި ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އެ ފުލުސް މީހާ ރަށުން ބޭރު ކުރުމަށް ޑިމާންޑް ކޮށްފައިވާކަމަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން އިތުރު ފުލުހުން ރޭ 23:50 ހާއިރު ބާރަށަށް ގޮސްފައިވޭ. އަދި ބާރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތަށް 5 މީހުންގެ ޓީމަކުން ބާރަށު ޕޮލިސް ސްޓޭޝަން ތެރޭގައި، އެއްވެ ތިބި މީހުއްނާއި ބަށްދަލުކޮށް ވާހަކަ ދައްކާފައިވޭ

ފުލުހުން ބުނެފައި ވެއެވެ.

އެއްވި މީހުންނަށް އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާތީ، އެ މީހުއްނަށް ނަސޭހަތް ދިނުމަށް ފަހު 01:35 ހާ އިރު ފޮނުވާލެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ ހއ. ބާރަށު ޕޮލިސް ސްޓޭޝަން ގެ ފުލުހަކު ޑްރޯނެއް ބޭނުންކޮށްގެން އަންހެނަކު ގިފިލީގައި ހުއްޓައި ފޮޓޯ ނެގި ކަމަށް ބުނާ މައްސަލަ އެއް ފުލުހުއްނަށް ހުށަހަޅާފައެއް ނުވާކަމަށެވެ.