ކޮވިޑް -19 ޖެހޭ ފަރާތް ތަކަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރ އުފެެއްދުމަށް ދުނިޔޭގެ ބޮޑެތި ބައެއް ޓެކްނޮލޮޖީ އަދި ކާރާއި އެއަކްރާފްޓް އުފައްދާ ކުންފުނިތަކުން އެކުގައި މަސައްކަތް ފަށައިފިއެވެ.

ރޯލްސްރޮއިސް، އެއަރބަސް އަދި މައިކްރޯސޮފްޓް ކުންފުނި ހިމެނޭގޮތައް 14 ކުންފުންޔެއް މިޓީމުގައި ހިމެނެއެވެ.

Ad
rt

މިކުންފުނިތަކުން އެކުގައި މަސައްކަތް ކުރަން ނިންމާފައިމިވަނީ ކޮވިޑް-19 ޖެހޭ ޕޭޝަންޓުންނަށް ފަރުވާދިނުމަށް 10،000 ވެންޓިލޭޓަރު އުފެއްދުމަށް ޔޫކޭގެ ސަރުކާރުން ގޮވާލާފައިވާތީއެވެ.

ޔޫކޭގައި މިވަގުތު ސިއްހީހިދުމަތް ދޭތަންތަނުގައި 8000 ސިއްހީ ފަރުވާދޭ މިފަދަ ޑިވައިސްތައް ބޭނުންކުރަމުންދާއިރު، ބަލި ފެތުރެމުންދާ ނިސްބަތަށް ބަލާ ކުރިއަށް މިއޮތް ހަފްތާތަކުގައި ބަލިފެތުރޭ މިންވަރު އިތުރު ވެެއްޖެނަމަ އިތުރު ވެންޓިލޭޓަރު ބޭނުންވާނެކަމަށް އެގައުމުން ވަނީ ލަފާ ކޮށްފައެވެ.

މިވެންޓިލޭޓަރ ޗެލެންޖުގައި ދެވައްތަރެއްގެ ވެންޓިލޭޓަރު އުފައްދާނެއެވެ. އޭގެތެރެއިން އެއްބާވަތަކީ ޕެންލަންއިން ފަރުމާކޮށްފައިވާ ވަސީލަތަކަށް އިތުރު ތަރައްގީއެއް ގެނެސް ވެންޓިލޭޓަރ އަވަހަށް ރާވާލެވޭގޮތަށް ތައްޔާރުކުރާ ވެންޓިލޭޓަރެވެ.

ދެވަނަ ބާވަތަކީ ލޫޓޮންގެ ކުންފުންޔެއްކަމަށްވާ ސްމިތްސް މެޑިކަލްއިން އުފައްދާފައިވާ ޕެރަޕެކް ވެންޓިލޭޓަރެވެ.

ވެންޓިލޭޓަރު އުފެއްދުމަށް ބައިވެރިވާ ބައެއް އެހެން ކުންފުނިތަކަކީ ފޯޑް، ޖީކޭއެން، އެރޯސްޕޭސް، އިިންސްޕިރޭޝަން ހެލްތުކެއަރ، މެޖިޓް، ރެނިޝޯ، ސީމެންސް، ތޭލްސް، އަލްޓްރާ އިލެކްޓްރޯނިކްސް އަދި ޔުނިލިވަރއެވެ.