ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް، ކޮވިޑް-19 އާއި ގުޅިގެން މުސްލިމުން އަމަލުކުރަންވީ ގޮތުގެ ތަފްސީލް އިންޓަރވިއުއެއް ދެއްވައިފިއެވެ.
އިސްލާމްދީނުގެ ރިވެތި އުސޫލުތައް ބުނެދީ، ދީނީ މައުލޫމާތު ޒުވާން ޖީލަށް ފޯރުވައިދިނުމަށް ސޯޝަލް މީޑިއާގައިވެސް ވަރަށް ހަރަކާތްތެރި އިލްމުވެރިޔާ ވަނީ 24 މިނެޓުގެ މިއޯޑިއޯގައި މުސްލިމް އުންމަތައް ވަރަށް އަގުހުރި ނަސޭހަތްތަކެއް ވަރަށް ތަފްސީލުކޮން ދެއްވާފައެވެ. މިހާރު މުސްލިމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި މެދު ވަރަށް ތަފްސީލުކޮން ވާހަކަ ދައްކަވާ ނަސޭހަތާއި އިރުޝާދު ދެއްވާފައެވެ.
ސައުތް އެފްރިކާގެ އިސްލާމިކް ރޭޑިއޯއެއްކަމަށްވާ ސީއައިއައި ރޭޑިއޯއިން ގެނެސްދޭ ލައިފްސްޓައިލް ވިތް ސަރީފާ ކާކާ މި ޕްރޮގްރާމްއަށް ދެއްވި އިންޓަރވިއުއެއްގައި ބުނެފައިވަނީ މިދުނިޔޭގައި އުޅެމުންދާއިރު ދިމާވާ ކޮންމެ މުސީބާތަކީ ކުރިން ލިއުއްވާފައިވާ ކަންތައްތައް ކަމަށާއި މިފަދަ ޙާލަތްތަކުގައި މާތްﷲ އަށް ފުރިހަމައަށް ތަވައްކަލް ކުރަންޖެހޭ ކަމަށް މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ.
އަދި މިފަދަ ކަންތައްތަކުން ރައްކާތެރި ކަން ހޯދުން އެއީ ފަރުދީގޮތުން ކުރަން ޖެހޭ ކަމެއްކަމަށާއި، މާތް ﷲ ވަހީކުރައްވާފައިވަނީ އިންސާނުންގެ ޒިންމާތައް އިންސާނުން އަދާ ކުރުމަށެވެ. މުސީބާތްތަކުން ދައްކާތެރިކަން ދެއްވަނީ މާތް ރަސްކަލާނގެ ކަމަަށާއި މުސީބާތުން ރައްކާތެރިވާން މަސައްކަތް ކުރުމަކީ އިންސާނުންގެ ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ސަބަބުގައި ހިފަން މެންކް ވަނީ ގޮވާލާފައެވެ.
މިސްކިތްތަކުގައި ޖަމާއަތްތަކުގައި ނަމާދުކުރުން ހުއްޓާލުމާއި ގުޅިގެން މުފްތީ މެންކް ވިދާޅުވަނީ ކޮވިޑް-19 ފަދަ ނުރައްކާތެރި ވައިރަސްއެއް ޤައުމުގައި ފެތުރޭކަމަށް ވަނީނަމަ ރައްކާތެރިވުމުގެ ގޮތުން ގޭގައި ނަމާދު ކުރުމަކީ އެންމެ އެދެވިގެންވާ ގޮތްކަމަށެވެ. މިސްކިއްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަޑުޖައްސާލެވިފައިވާއިރު މިކަމާމެދު އެތައްބަޔަކު ދަނީ ފާޑުކިޔަމުން ކަމަށާއި އޭގެތެރޭގައި އިލްމުވެރިންވެސް ހިމެނުމަކީ ހިތާމަހުރިކަމެއްކަމުގައި މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ.
ޙަނގުރާމައިގެ މައިދާނުގައިވިޔަސް ނަމާދު ކުރުން ދޫކޮށްނުލުމަށް މާތްﷲ ވަހީ ކުރައްވާފައިވާ ކަމަށް ބައެއް އިލްމުވެރިން ބުނެފައިވާކަމަށް މުފްތީ މެންކް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބުނަމުންމިދަނީ ރައްކާތެރި ވުމުގެ ގޮތުން ނަމާދު ނުކޮށް ދޫކޮށްލުމަށް ނޫން ކަމަށާއި، ތިމާޔާ އެހެން މީހުންގެ ރައްކާތެރިކަމަށް ނަމާދު ޖަމާއަތުގައި ނުކޮށް ގޭގައި ކުރުމަށް ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއްކަމަށާއި ، މާތް ﷲ ގެވަހީ ބަސްފުޅުގައި ވަނީ ނަމާދު އެއްތަނެއްގައި ނުކުރެވޭނަމަ އަނެއްތަނެއްގައި ކުރުމަށެވެ. އެއްގޮތަކަށް ނަމާދު ކުރެވެން ނެތްނަމަ އަނެއްްގޮތަކަށް ނަމާދު ޤާއިމްކުރުމަށެވެ. ކޮޅަށްހުރެ ނުކުރެވޭނަމަ އިށީންދެ އިނދެ ނަމާދު ކުރުމަށެވެ. އަދި އިށީންދެގެން ނަމާދު ނުކުރެވޭނަމަ އޮށޯވެގެން ނަމާދު ކުރުމަށެވެ.
އެންމެން އެކީ މަސައްކަތް ކޮށްފިނަމަ މާތްﷲގެ އިރާދަފުޅާއިއެކު ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މިކަމަށް ނިމުމެއް އަތުވެދާނެ ކަމަށާއި ޗައިނާ މިސާލެއްގެ ގޮތުގައި ބެލުމަށް މުފްތީ މެންކް ވިދާޅުވިއެވެ. ހަލުވިކަމާއި އެކު ޗައިނާއިން ވައިރަސް ފެތުރުނު ނަމަވެސް މިއަދު މިވަނީ ޗައިނާއިން ވައިރަސް ގެ ކިބައިން ސަލާމަތް ވެވިފައި ކަމަށާއި، ޖަމާއަތުގައި ނަމާދު ކުރުން ލަސްކޮށްލަން މިޖެހޭނީ ވަގުތީ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
ސައުތް ކޮރެއާގައި ޕޭޝަންޓް ނަމްބަރު 21 ގެ ނަމުގައި ހިނގި ހާދިސާއަށް އަލި އަލުއްވާލައްވަމުން މުފްތީ ވިދާޅުވީ އެމީހާ ވައިރަސް އަށް ޕޮޒިޓިވް ވެ ހުރެ ޗަރޗަކަށް ދިއުމުން އެތަނަށް ހާޒިރުވީ މީހުންގެ ތެރެއިން ބަލިޖެހުނު މީހުންގެ އަދަދު އެތައްގުނައެއް އިތުރުވެގެން ދިޔަކަމަށެވެ. އަދި މެލޭސިއާގައި ވެސް ދީނީ އެއްވުނަކަށް ހާޒިރުވި އެތައް ސަތޭކަ ބަޔަކަށް ވައިރަސް ޖެހިފައިވާކަމަށެވެ.
އެހެންކަމުން މިއީ މިކަން ވުމަށް ﷲ އިރާދަކުރެއްވި ގޮތް ކަމަށް ބުނެވޭނެތޯ މުފްތީ މެންކް ވިދާޅުވިއެވެ. ސަބަބަކީ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއްކަން އެނގިހުރި ރައްކާތެރި ވާން ޖެހޭކަން އެނގިހުރެ އެތައް ބައެއްގެ ތެރެއަށް ގޮސް އެތަ ބަޔަކަށް ވައިރަސް ޖެހެން މެދުވެރިވުމުން މިއީ މާތް ﷲ އިރާދަ ކުރެއްވިގޮތް ކަމަށް ބުނެވޭނެތޯ މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ.
ހެއްދެވި ފަރާތަށް ތަވައްކަލް ކުރަންޖެހޭނެ ކަމަށް ބުނެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ނުރައްކަލުގެ ތެރެއަށް ހުށައެޅުން މިއީ އިސްލާމްދީނުގައި މިކަން އޮންނާނެގޮތް ނޫންކަމަށް މުފްތީ ވަނީ ފާހަގަ ކުރައްވާފައެވެ. ހުރިހާކަމެއްގައިވެސް އެއިލާހަށް ތަވައްކުލް ކުރުން އެއީ އޮތްކަމެއް ކަމަށާއި މީގެއިތުރުން ދުނިޔޭގައި އުޅެމުންއަންނަައިރު ކަންތައްތަކުން ރައްކާތެރި ވުމުށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކަމާބެހޭ ފަރާތްތަކުން ރައްކާތެރި ކަމަށް އަޅާ ފިޔަވަޅުތަކަށް ބޯލެންބުމަކީ އޮތް ކަމެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކުރޯނާ ވައިރަސް އާއި ގުޅިގެން ދިމާވާ ފައިސާގެ ދަތިކަމާއި ގުޅިގެން ބޭކާރު ހަރަދާއި އިސްރާފް ކުޑަކުރަން ވަނީ ވިދާޅުވެފައެވެ. އަދި މިވައިރަހުގެ ސަބަބުން ގޭގައި ތިބެން ޖެހުމާއި ގުޅިގެން ދިމާވާ ނަފްސާނީ މައްސަލަ ތަކަށްވެސް ވަނީ އަލިއަޅުވާލާފައެވެ. ގޭގައި އާއިލާއާއިއެކު ތިބޭއިރު ދުއާ ކުރުމާއި އަޅުކަން ކުރުން ގިނަކުރަން ވަނީ އެދިފައެވެ.
މީގެ އިރުތުންވެސް މިއޯޑިއޯގައި މެންކް ވަނީ މިވައިރަސްގެ އަސަރުކޮށްފައިވާ ފަރާތްތަކަށްވެސް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުންވެސް ވަރަށް މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
https://fls-a315160f-abc6-42bf-a16f-4078e301fb32.laravel.cloud/thiladhun/2020/03/mufti-menk-muslimcentral.com-how-we-should-approach-the-coronavirus-as-muslims-2020-03-18-02-34-39.mp3އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!