މާވެޔޮމަގުގައި ހުރި ކެފޭއެއްގެ ތެރޭގައި ދެ މީހަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި، މާރާމާރީ ހިންގުމަށްފަހު އަނިޔާކޮށް ބިރުދެއްކި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޯބަރ 12 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ ދުވަހު މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ދެ މީހަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި، އެ ދެ މީހުންނާ މެދު މާރާމާރީ ހިންގުމުގެ އިތުރުން އަނިޔާކޮށް ބިރުދައްކާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ގއ. މާމެންދޫއަށް ނިސްބަތްވާ ދެ މީހަކާއި ކ. ކާށިދޫ މީހެކެވެ.

އެގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ގއ. މާމެންދޫ / ޒެނިތު، އުމުރުން 24 އަހަރުގެ އައިހަމް ޢާދިލެވެ.

ދެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / އިފަން، އުމުރުން 19 އަހަރުގެ އިފްހާމް އަޙްމަދާއި، ކ. ކާށިދޫ / ދުންތަރި، އުމުރުން 21 އަހަރުގެ މުޙައްމަދު ޝުނާން އެވެ.

ފުލުހުން ބުނީ ކެފޭއެއްގެ ތެރޭގައި ދެ މީހަކު ހިފަހައްޓައި އަނިޔާކުރި މި މައްސަލަ އެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.